logo
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)

ރައީސް ޔާމީނަށް ސްޕްރީމް ކޯޓުން ކާމިޔާބު ލިބޭނެ - އަދުރޭ

profile

އަހުމަދު ޒަލީފު - 01 އޯގަސްޓު 2023 - 12:15

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމިޔަސް މެންބަރުން މާޔޫސް ނުވާން ޕީޕީއެމް/ޕީއެންސީ އާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.

https://wamco.com.mv/

ރައީސް ޔާމީންގެ ކެންޑިޑަސީއާއި މެދު އިލެކްޝަންސް އިން ނިންމި ނިންމުން ބަލައި ނުގަންނަން.. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުން. 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ދިވެހީންގެ އަދި މިކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށް މިކޯލިޝަން ނުދެކެން - އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުން އަންނަނީ ކުރަމުންނެވެ.

އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަންވެސް ވަނީ ހާމަކޮށްފައެވެ.

"އެއްވެސް ބޭފުޅަކު އަދި މާޔޫސް ވެވަޑައިނުގަންނަވާތި ... އެންމެން އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޔާމީންއާ އެކު ސާބިތުވެ ތިބެންވީ. އޭރުން ކާމިޔާބު ވާނެ،" އަދުރޭ ވިދާޅުވި އެވެ.

ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީ ސަރުކާރުގެ ނުފޫޒެއްގައި ތާށިވެފައިވާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk