
BREAKING NEWS
ޣައްޒާއިން ޝަހީދު ކޮށްލި މީހުންގެ އަދަދު 35،300 އަށްވުރެ މައްޗަށް!

އަހުމަދު ޒަލީފު - 17 މޭ 2024 - 09:08
ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 35،300 އަށްވުރެ މައްޗަށް އަރައިފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ވަނީ ފާއިތުވި 24 ގަޑިއިރު ފަލަސްތީނުގެ 31 މީހަކު ޝަހީދުކޮށްލައި، 56 މީހަކަށް އެކިވަރުގެ ޒަހަމްތަކެއް ދީފައެވެ.
މިއާއި އެކީ މިދިޔަ އޮކްޓޮބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 35،303 އަށް އަރާފައެވެ. އަދި އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވަނީ 79،261 އަށް އަރާފައެވެ.
ނިރުބަވެރިންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވެފައިވާއިރު، ނިރުބަވެރިންގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ކަމުން ޝަހީދުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ އާންމުން އެންމެ ގިނައިން ދިރިއުޅެމުން އަންނަ ސަރަހައްދުތަކަށެވެ. އެގޮތުން ސްކޫލް، ހޮސްޕިޓަލް، ރެފިއުޖީ ކޭމްޕް އަދި އިތުރު އިމާރާތްތައް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް
12 މިނިޓު ކުރިން

ޕޮލިޓެކްނިކްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފި
13 މިނިޓު ކުރިން

އެކްސަސައިޒް އެކުވެރިން ނިންމާލައިފި
24 މިނިޓު ކުރިން

ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް މަޖިލީހުގެ ރައީސްގެ ޝުކުރު
2 ގަޑިއިރު ކުރިން


