
މެމްބަރު ހަސަން
މާލިއްޔަތުން 64 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިކަމެއް ނެތް : މެމްބަރު ހަސަން

އާމިނަތު ޝަފާ - 08 އޯގަސްޓު 2024 - 07:10
ދައުލަތުގެ މާލިއްޔަތުން 64 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީ ސަރުކާރުން ކުރި ކަމެއް ނެތްކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
މެމްބަރު ނުރުހުން ފާޅުކުރެއްވީ އަސްލު ޓީވީގެ ދިވެހިންގެ މެމްބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ކުރީ ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކުން މިހާތަނަށް ރައްޔިތުންނަށް އެއްވެސް މަންފާއެއް ކޮށްފައިނުވާކަމަށެވެ.
"ބޮޑެތި ދަރަނިތަކެއް ނަގާފައިހުރީ. ދިރިއުޅުމުގެ ހާލަތަށް އައީ ކޮން ބަދަލެއް. ދިރިއުޅުމުގެ ހާލަތު ދިޔައީ ދަށަށް. ކުންފުނިތައް ދަރުވާލައިފި. ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން. ފެނަކަވެސް އޮތީ ބަނގުރޫޓުކޮށްލާފައި. ޕްރޮޖެކްޓްތައް ފަށާފައިހުރީ. އެކަމަކު ހިދުމަތް ލިބޭގޮތަކަށް ނޫން ހުރީ".
މިއަދު ރައީސް ކުރައްވާ މަސައްކަތްތަކަކީ އިހުލާސްތެރި މަސައްކަތްތަކެއްކަމަށާއި އެކަން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ބަލާލުމުންވެސް އެނގިގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
އަދި ރައީސް އެންމެ އިސްކަން ދެއްވީ މާލީ ހާލަތު ރަނގަޅުކުރުމަށްކަމަށާއި އެއާއެކުއެކީހެން އަދުލުގެ ނިޒާމު ރަނގަޅުކުރުމަށްވެސް މަސައްކަތް ފެއްޓެވިކަމަށް މެމްބަރު ވިދާޅުވިއެވެ.
ދައުލަތުގެ މާލިއްޔަތުން 64 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީ ސަރުކާރުން ކުރި ކަމެއް ނެތްކަމަށް މެމްބަރު ވިދާޅުވިއިރު އެ ސަރުކާރުން ފަށާފައިވާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމުގެ މަސައްކަތްވެސް މިހާރުކުރަނީ މި ސަރުކާރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ!
30 މިނިޓު ކުރިން

ބީއެމްއެލް އަށް ވޭތުވެދިޔަ އަހަރު ރެކޯޑް ކުރިއެރުމެއް!
30 މިނިޓު ކުރިން

ސިފައިންނަކީ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ގައުމުގެ ލަޝްކަރު: ރައީސް
3 ގަޑިއިރު ކުރިން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަމްޖަދު އިސްތިއުފާދީފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)