
ރާއްޖެއަށް މޫސުން ގޯސްވުން
އަންގާރައިން ފެށިގެން ވައިމަޑުވާން ހިފާނެ، ބުރާސްފަތިން ފެށިގެން މޫސުން އަލިވާނެ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 އޯގަސްޓު 2024 - 07:07
އަންގާރަ ދުވަހުންން ފެށިގެން ވައިމަޑުވާން ހިފާނެ ކަމަށާއި ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، 20 އޯގަސްޓުގެ ނިއަލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާވެ ކަމަށް ލަފާކުރެވޭ ކަމަށާއި 22 އޯގަސްޓުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރެއަށް ވައި ޖެހޭނީ ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އަންނަ އަންގާރަ ދުވަހުން ފެށިގެން ވައި މަޑުވާނެކަމަށް ލަފާރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލެއް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެެވެ.
މީގެ އިތުރުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލެއްވެސް ވަނީ ނެރެފައެވެ. މި ސަމާލުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ވައި ގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފާވާއިރު، މޫސުމަށް ސަމާލުވެ، ކަނޑު ދަތުރުފަތުރުކުރުމަށް އިލްތިމާސްކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމް ބާއްވައިފި
10 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަނީ
10 ގަޑިއިރު ކުރިން

ޕީކް ސީޒަނަށް ސްޓެލްކޯއިން 12 ރަށަކަށް ޖެން ސެޓު ފޮނުވައިފި
14 ގަޑިއިރު ކުރިން

ރަމަޟާން މަހުވެސް ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ: އިމިގްރޭޝަން
14 ގަޑިއިރު ކުރިން


.gif&w=3840&q=75)