
—
ރާއްޖޭގެ ސްކައުޓުން ހޯދާ ކާމިޔާބީ ސަރުކާރުން ބަލައިގަނޭ: ނައިބު ރައީސް

އަހުމަދު ޒަލީފު - 17 ފެބްރުއަރީ 2024 - 11:21
ރާއްޖޭގެ ސްކައުޓުން ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދަމުންދާ ކާމިޔާބީތައް ސަރުކާރުން ބަލައިގަންނަކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ސްކައުޓް ޖަމްބަރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެކުދިންނާ ބައްދަލުކުރައްވާ ނައިބުރައީސް ވިދާޅުވީ، ދިވެހި ސްކައުޓުންނަކީ އަބަދުވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުތަކުގައި ހަރަކާތްތެރިވާ ބައެއްކަމަށެވެ. އަދި ދިވެހި ސްކައުޓުންނަކީ ކަންކަން ކުރަން ކެރޭ މުރާލި ބައެއްކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ސްކައުޓުންނާ ބައްދަލުކުރައްވާ ނައިބުރައީސް ވަނީ އެކުދިންނަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން، ނަމާދުގެ މުހިއްމުކަމާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަޑިން ގަޑިއަށް ނަމާދު އަދާކުރުމުގައި ދެމިތިބެންވާނެކަމަށެވެ. އަދި، ދިމާވާ މީހުނަށް އިހުތިރާމްކުރާ ބަޔަކަށް ސްކައުޓުން ވާންވާނެކަމަކަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން، ދަތުރުތަކުގައި އެކި މިޒާޖުގެ މީހުނާއި ދިމާވާނެކަމަށާއި، އޭގެ ތެރެއިން ރަހުމަތްތެރިންގެ ގޮތުގައި ހިޔާރުކުރަންޖެހޭނީ ރަނގަޅު ބިނާކުރަނިވި މީހުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެއާއި އިންޑިއާ ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ސެމިނާއެއް
ގަޑިއިރެއް ކުރިން

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި
ގަޑިއިރެއް ކުރިން

އަންނަ އަހަރުގެ ނިޔަލަށް އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ: އެސްޓީއޯ
3 ގަޑިއިރު ކުރިން

މޯލްޑިވިއަން މެދުވެރިކޮށް އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެޤައުމުން 11،000 ފަތުރުވެރިން ގެނެވޭނެ: މޯލްޑިވިއަން
3 ގަޑިއިރު ކުރިން


.gif&w=3840&q=75)