logo

ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާއަށް ބޮންއަޅައި 73 މީހުން ޝަހީދު ކޮށްލައިފި

profile

ސައިފް އަޒުހަރު - 20 އޮކްޓޯބަރު 2024 - 07:48

ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާއަށް އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ސިފައިން ރޭގައި ބޮން އެޅުމުގެ ސަބަބުން 73 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

https://wamco.com.mv/

ޓެރަރިސްޓު ޖެޓުތަކުން ބޮން އެޅުމުގެ ސަބަބުން އެތައް ގެއަކާއި އިމާރާތެއް ބިމާހަމަވެ، 73 މީހުން ޝަހީދުވުމުގ އިތުރުން، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުން ބުނެއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްބަޔަކު ތިބިއިރު، މީހުން ސަލާމަތް ކުރޭތޯ ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޣައްޒާ ސަރުކާރު މީޑިއާ އޮފީހުން ބުނެއެވެ.

މި ގަތުލުއާންމާ ގުޅިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް އޮންނަ، ފަލަސްތީނު ސަރުކާރު ހިންގާ ފަތުހު ޖަމާއަތުން ނެރުނު ބަތާނެއްގައި، އިސްރާއީލުގެ މި ގަތުލުއާންމު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

މިއީ، ޣައްޒާއިން ފަލަސްތީނުގެ ހުރިހާ ރައްޔިތުން ހުސްކޮށް މުޅިން ނައްތާލަން ޒަޔަނިސްޓުން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށާއި، މިކަން ހުއްޓުވަން ފަތުހު ޖަމާއަތުން ދުނިޔެއަށް ގޮވާލާފައި ވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު އަސްކަރިއްޔާއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއާއި، ލުބުނާނުގެ 175 އަމާޒަކަށް އެމީހުންގެ ސިފައިން ވައިގެ ހަމަލާ ދިން ކަމަށެވެ. ހަމަލާދިނީ "ޓެރަރިސްޓް އަމާޒުތަކަށް" ކަމަށް ބުނިއިރު، ހަމަލާ އަމާޒުކުރި ތަންތަނުގެ ލިސްޓުގައި ބައިތު ލާހިޔާގެ ޖަރީމާގެ ވާހަކަ ބުނެފައެއް ނުވެއެވެ.

ބައިތު ލާހިޔާއަށް ދިން އުދުވާނީ ހަމަލާގެ އިތުރުން، ޒަޔަނިސްޓުންވަނީ ޣައްޒާގެ ޝާޓީ ރެފިއުޖީ ކޭމްޕްގައި އެތައްހާސް އާންމުން ހިމާޔަތް ހޯދައިގެން ތިބި ސްކޫލަކަށްވެސް މިއަދު މިސައިލް ހަމަލާ ދީފައެވެ.

މި ހަމަލާގެ ބާރުގަދަކަމުން 3 ފަންގިފިލާއަށް ހުންނަ އެ ސްކޫލް ގާތްގަނޑަކަށް ބިމާހަމަވެފައިވާ ކަމަށާއި، ޝަހީދުވި ކުދީންނާއި މީހުންގެ ހަށިތައް ކުދިކުދި ވެފައިވާކަމަށް، ރިޕޯޓްތައް ބުނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay