
ރާއްޖެއަށް މޫސުން ގޯސްވުން
މިއަދުވެސް މޫސުން ގޯސް: މެޓް އޮފީސް

އައިޝަތު އިނާޝާ - 27 ސެޕްޓެމްބަރު 2024 - 07:12
މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި މެންދުރުފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށް މުސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނިގޮތުގައި ބޮޑަށް މުސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެއަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާ ގަނޑުގައި ގަޑިކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އެކި ހިސާބުތަކަށް މޫސުން ގޯސްކަމަށް ލަފާކުރައްވާފައިވާއިރު، މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން، ރާޅުގެ އުސްމިނުގައި 3 ފޫޓާއި6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް ކަނޑުދަތުރު ފަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވިއްސާރަމޫސުން ނުވަތަ ހުޅަނގުމޫސުން ދެމިގެންދާނީ ނޮވެމްބަރުމަހުގެ ނިޔަލަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
5 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
5 ގަޑިއިރު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
5 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)