
ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު
މަރު ކޮމިޝަނުގެ ރިޕޯޓުތައް ލިބުމުން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފި

އަހުމަދު ޒަލީފު - 22 މޭ 2024 - 11:07
މަރު ކޮމިޝަންގެ ރިޕޯޓުތައް ލިބުމުން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް ތަހުގީގުތައް އަދިވެސް ކުރިއަށް ދާތީ، އާއިލާތަކުގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައްވައިފައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ފަސް ޖަމިއްޔާއަކާއި ބައިނަލްއަގުވާމީ ފަސް ޖަމިއްޔާއަކުން ވަނީ މަރު ކޮމިޝަންގެ ހޯދުންތައް އާންމު ކުރުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ.
މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓްތައް ހޯދުމަށް އަހުމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއިން ބޭނުންވާކަން ކޮމިޝަނަށް އެނގޭ ކަމަށެވެ. އެ ރިޕޯޓްތަކުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް ކަމަށްވާތީ ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024ގެ ކުރިން އުނިކުރަން ޖެހޭ ބައިތައް އުނިކުރެވިފައިވާ ރިޕޯޓްތައް ދިނުމަށް ކަމުގައި މަރު ކޮމިޝަނުން ބުނެއެވެ.
ރިޔާސީ ކޮމިޝަނުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހޭނެ ކަމަށާއި، އެގޮތަށް އަމަލުކުރުން ކޮމިޝަނަށް ގާނޫނީ ގޮތުން ލާޒިމު ކަމަށެވެ. ނަމަވެސް އުނިކުރަންޖެހޭ ބައިތައް އުނިކޮށްފައިވާ ރިޕޯޓްތައް ނިންމާނީ އާއިލާތަކަށް މައްސަލަތަކާ ބެހޭ މުހިންމު މައުލޫމާތު ލިބޭނެ ގޮތަށް ކަމަށާއި މައުލޫމާތު އުނިކޮށްފައިވާ ރިޕޯޓްތައް އާންމު ކުރުމަށް ކޮމިޝަނުން ރައީސަށް ލަފާދެއްވާނެ ކަމަށް ވެސް މަރު ކޮމިޝަނުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ބޮޑުތަކުރުފާނު މަގު އުސް ފަސްގަނޑު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް!
3 ގަޑިއިރު ކުރިން

އިސްލާމްދީނަށް ހަޖޫޖެހި މީހާ ފުލުހަށް ހާޒިރު ކުރަނީ
3 ގަޑިއިރު ކުރިން

އެސްޓޯނިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
12 ގަޑިއިރު ކުރިން

ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)