
—-
މެމްބަރު މޫސާ ސިރާޖުގެ ތާޢީދު ޑރ މުޢިއްޒަށް!

އަހުމަދު ޒަލީފު - 21 އޯގަސްޓު 2023 - 16:03
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް، ޑރ މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރައްވަން ނިންމަވައިފިއެވެ.
ރިޔާސީރޭހުގައި ޑރ. މުއިއްޒު އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން - އެފްބީ ޕޯސްޓެއްގައި ސިރާޖު ލިޔުއްވާފައިވެއެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީ ދެބަައިވެ، ނަޝީދުގެ ފެކްޝަން އުފެދުނު އިރު ސިރާޖް އެ ފެކްޝަނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ވެސް އަޑު ފެތުރުނެވެ. އެހެންނަމަވެސް އޭރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ.
ސިރާޖު އާންމުންގެ ތެރޭގައި މަޝްހޫރުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކާއި ޖުޑިޝަރީއަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުކިޔައިގެން އޭނާގެ މައްސަލައެއް ޖުޑިޝަރީން އެއިރު ބެލި އެވެ.
އިތުރު ތަފްސީލް އަންނަނީ…
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
4 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
4 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
5 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
10 ގަޑިއިރު ކުރިން


