
---
ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ދަތުރުކުރެވޭވަރު ވާނެ

އަހުމަދު ޒަލީފު - 25 މޭ 2024 - 08:35
ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ދަތުރުކުރެވޭވަރު ވާނ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އިން ވަނީ ނެރުނު ހުދު ސަމާލު ދަންމާލާފައެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް 12:00 އިން ފެށިގެން 18:00 އަށެވެ.
މެޓުން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ ސަމާލުގައި ވަނީ ބުނެފައެވެ.
މެޓުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. އަދި މެދުރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކުން ސަލާމަތްތެރިކަން ހޯދަން މަޝްވަރާ ކުރަނީ
2 ގަޑިއިރު ކުރިން

ގާލްގައިޑުންނަށް ޓީމް ބިލްޑިން ހަރަކާތްތަކެއް!
2 ގަޑިއިރު ކުރިން

މާފުށީ ޖަލަށް 17 ފޯނު އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)