
މެމްބަރު ރަޝީދު
ބިދޭސީންގެ އަތް މައްޗަށް ވިޔަފާރިތައް ދޫކޮށެއްނުލާނެ: މެމްބަރު އަބްދުﷲ ރަޝީދު

އާމިނަތު ޝަފާ - 07 ޖުލައި 2024 - 07:33
ބިދޭސީންގެ އަތްމައްޗަށް ދިވެހި ވިޔަފާރިތައް މި ސަރުކާރުން ދޫކޮށްނުލާނެކަމަށް ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ކުރެއްވި އެކްސްޕޯސްޓެއްގައި ވިދާޅުވީ ބިދޭސީން ރާއްޖޭގައި 25 ވިޔަފާރިއެއް ކުރުން މަނާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ ހަރުދަނާ، ހިކުމަތްތެރި ފިޔަވަޅެއް ކަމަށެވެ. މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެކަމުން ދޭހަކޮށްދެނީ މި ސަރުކާރުން ކުދި އަދި އާދައިގެ ވިޔަފާރިތަކަށް އިސްކަންދޭ މިންވަރު ކަމަށާއި ބޭރު ބައެއްގެ އަތްމައްޗަށް ގައުމު ދޫކޮށްލަން ބޭނުން ނުވާ މަންޒަރު ކަަމަށެވެ.
ބިދޭސީންގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި މެމްބަރުވަނީ ގެއިން ނުކުމެ ބޭރަށް ނަޒަރު ހިންގާލާއިރު ވެސް ފެނިގެން ދަނީ ކަންކަން މަތީގައި ބިދޭސީން ވިޔަފާރިތައް ހިންގަމުން އަންނަ މަންޒަރު ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ހަރުދަނާ ފިވަޅުގެ ސަބަބުން މިކަން ބަދަލުވާނެކަމަށެވެ.
25 ބާވަތެއްގެ ވިޔަފާރިއެއްކުރުން ބިދޭސީންނަށް މަނާކޮށްފައިވާއިރު މި ދާއިރާތަކުގެ ތެރޭގައި ބިދޭސީން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ދާއިރާތައްވެސް ހިމެނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން ގިނަ ބައެއްގެ ތައުރީފްދަނީ ލިބެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
14 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
14 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
2 ދުވަސް ކުރިން


.gif&w=3840&q=75)