
---
ކުޑީ އެމްއެމްޕީއާރްސީގެ އެމްޑީ ކަމުން ވަކިކޮށްފި

އަހުމަދު ޒަލީފު - 22 މޭ 2024 - 10:57
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ވަކި ކޮށްފިއެވެ
ކުޑީ އެ މަގާމަށް އައްްޔަން ކުރީ ޑިސެމްބަރު 18 ވަނަ ދުވަހެވެ.
އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.
ކުޑީ މަގާމުން ވަކި ކުރީ ކީއްވެގެން ކަން ސާފެއް ނުވެއެވެ.
މިކަމާއި ގުޅިގެން ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަން ބޯޑު (ޕީބީސީ)ން ވިދާޅުވީ، މިކަމާއި ގުޅޭ މައުލޫމާތު އިރުކޮޅަކުން ހާމަ ކުރާނެ ކަމަށެވެ.
ކުޑީ މަގާމުން ވަކި ކުރިއިރު، އެމްއެމްޕީއާރުސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެންބަރު ރާފިލް މުހައްމަދުވެެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފާއެވެ.
އަދި އެ ކުންފުނީގެ ޗެއާ ކަމުން އައިޝަތު ނޫރައިން ޖަނާހު ވަނީ ރޭ އިސްތިއުފާދެއްވަވާފައެވެ. ނޫރައިން އިސްތިއުފާދެއްވެވި ސަބަބު ވެސް ސާފެއް ނޫނެވެ.
ގުޅުން ހުރި ޙަބަރުތައް

އާސަންދަ ކަވަރުނުކުރާ ބޭހަކާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތައް ސްޓޭޓް ފާމާއިން ސާފުކޮށްދީފި
3 ގަޑިއިރު ކުރިން

ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް 'އެޑްވާންސް މަރޗަންޓް ސެޓްލްމަންޓް' ހެޔޮ ބަދަލުތަކެއް!
3 ގަޑިއިރު ކުރިން

ބާރަށުގެ އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް!
8 ގަޑިއިރު ކުރިން

މަންފާ އެކަޑަމީ އިފްތިތާހުކޮށްފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)