
ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވައިފި

އަހުމަދު ޒަލީފު - 03 މޭ 2024 - 09:25
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީއެއްގައެވެ.
އެސިޓީގައި ވިދާޅުވެފައިވަނީ މެއި 28 ވަަނަ ދުވަހު ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއްކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށް ދައުވާކުރާ އެމްޑީޕީގެ ޓިކެޓުގައި ޖާބިރު ކާށިދޫ ދާއިރާއަށް ކުރިމަތިލައި ޕްރައިމަރީގައި އޭނާއާ ވާދަކުރި ފަރާތާއި ދެމެދު 102 ވޯޓުގެ ތަފާތުން ޕްރައިމަރީ ކާމިޔާބު ވެފައިވަނިކޮށް ޑިމޮކްރެސީގެ ހަމަތަކާއި ޕާޓީގެ އަސާސީ ގާނޫނާއި ހިލާފަށްް އަދި އިންސާފުގެ ހަމަ ތަކާއި ހިލާފަށް އެތަކެއް ފިޔަވަޅެއް އަޅައި، ޕްރައިމަރީގައި ވާދަވެސް ނުކުރާ ފަރާތަކަށް ޕާޓީގެ ޓިކެޓް ވެދުމަށް އަރުވައިފައި ވުމަކީވެސް ޑިމޮކްރަސީއާއި ހިލާފު ކަމެއް ކަމުގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރުއަކީ ރާއްޖޭގެ އިގްތިސާދުގައި އެތަށް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓު ކުރާ ވިޔަފާރި ވެރިއެއް ކަަމަށްވެފައި އޭނާ މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުން އައީ ޅަފަތުގައިވާ ޑިމޮކްރަސީ ހަރުދަނާ ކުރުމައްޓަަކައި މަޖިލީހުގެ ތެރެއިން މަސައްކަތް ހެޔޮ ނިޔަތުގައި ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ޖާބިރު އެސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީއިން އޭނާއާ ދޭތެރޭގައި އަމަލުކޮށްފައިވާ ގޮތުންނާއި އަދި މިއަދުގެ ސަރުކާރަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ތާއީދު ސަރުކާރުގެ ކެނޑިޑޭޓުންނަށް އޮތް ކަމަށް ފެންނާތީއާއި އެކު 19 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާތަނަށް 1.6 މިލިއަން މީހުން އާރުޓީއެލް ހިދުމަތް ބޭނުންކޮށްފި
26 މިނިޓު ކުރިން

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި
2 ގަޑިއިރު ކުރިން

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ
3 ގަޑިއިރު ކުރިން

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)