
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ކޮޕް 29 ގައި ވާހަކަދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުއާ ބެހޭ ގޮތުން އަދަދު ނޫހުން ލިޔުނީ ދޮގުހަބަރެއް: ހަބަރާ ގުޅިގެން އެނޫހުން މަޢާފަށް އެދެފި

އައިޝަތު އިނާޝާ - 30 ނޮވެމްބަރު 2024 - 17:32
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ އަދަދު ނޫހުން ލިޔުނު ދޮގު ހަބަރާ ގުޅިގެން އެނޫހުން މަޢާފަށް އެދިއްޖެއެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 20 އިން 29 އަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ގުޅިގެން، ސަރުކާރާ ދެކޮޅު ހަބަރުތައް ގެނެސްދޭ އަދަދު ނޫހުގައި ޝާއިއުކުރި ހަބަރެއްގައިވަނީ އެމަނިކުފާނު އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކުލާހުގައިކަމަށެވެ. ނަމަވެސް ފަހުންވަނީ އެހަބަރު ނޫހުންނަގާފައެވެ.
އަދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް މިއަދު އެނޫހުގައި ލިޔުނު ހަބަރެއްގައި ލިޔެވުނީ މައުލޫމާތުގެ ކުށަކުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނު ދަތުރު ކުރައްވަނީ ބިޒްނަސް ކްލާހުގައި ކަމަށާއި، އެމެރިކާއަށް ވަޑައިގެންނެވީ ވެސް ބިޒްނަސް ކްލާހުގައި ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެހަބަރު ނޫހުން ނަގާފައިވާކަށެވެ. އަދި އެކަމަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދޭ ކަމަށް އަދަދު ނޫހުންވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިއާއު މަރާލަން ބޭނުންކުރި ވަޅިތަކާއި ހެދުންތައް ކޯޓަށް ދައްކައިފި
34 މިނިޓު ކުރިން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަފީފް އައްޔަނުކޮށްފި
4 ގަޑިއިރު ކުރިން

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
5 ގަޑިއިރު ކުރިން

މަޖިލީހުގެ މަސައްކަތްތައް މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް: ނައިބު ރައީސް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)