
ސްޓެލްކޯ
ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ މުއްދަތު ހަމަވަނީ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ޑިސެމްބަރު 2024 - 06:05
އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ މުއްދަތު ހަމަވާތީ ކަރަންޓް ކުންފުނި - ސްޓެލްކޯއިން އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާ ނުލައި ފައިސާ ދެއްކޭނެ އިންތިޒާމުވާނީ 1 އޭޕްރިލް 2024 އިން ފެށިގެން ހަމަޖައްސާފައެވެ.
މިކަމަށް ޝަރުތު ހަމަވާ ކެޓަގަރީއަކީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތައް (ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތައް) އެވެ.
މިގޮތުން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކަށް. ޖޫރިމަނާ މަޢާފުކުރެވޭ ގޮތެއް ކަމަށް ކަނޑައަޅާފައިވަނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރުމެވެ.
މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާ ނުލައި ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ޖޫރިމަނާއާ ނުލައި ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށްވާނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމަނާފައެވެ. އަދި، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 ނުވަތަ billing@stelco.com.mv އަށް އީ-މެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
ގަޑިއިރެއް ކުރިން

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކޮށްފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ހުޅުމާލޭ ފަޅުތެރެ ސާފުކުރަން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ގަޑިއިރެއް ކުރިން

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)