
ސްޓެލްކޯގެ އެމްޑީ ޝަރީފް
މި މަހުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑު!

އަހުމަދު ޒަލީފު - 31 އޯގަސްޓު 2023 - 08:10
ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން މި އޯގަސްޓު މަހުގެ ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުކޮށްފިއެވެ.
މާލެ ސަރަހައްދާއި އަދިވެސް ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައި ކަރަންޓު ދެމުން އަންނަ ސްޓެލްކޯއިން މި މަހުގެ ކަރަންޓު ބިލު އިއްޔެ ފޮނުވާފައިވާއިރު އޭގެ ކުރީ މަހާ އަޅާ ބަލާއިރު ބިލްތައް ވަނީ ދެގުނަ ބޮޑުވެފައެވެ. އާންމުކޮށް 700 ރުފިޔާ އަރާ ގެތަކުގެ ބިލް މިމަހު އައިރު ވަނީ 1500 އަށް ބަދަލުވެފައެވެ.
މިހާރުވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ދަނީ ވަރަށް ފާޅުގައި ސްޓެލްކޯގެ ވަސީލަތްތައް ރައީސް އިބްރާހީމްގެ ކެމްޕެއިނަށް ބޭނުން ކުރަމުންނެވެ. މިގޮތުން ސްޓެލްކޯގެ ދެ ސްޕީޑު ލޯންޗު އެމްޑީޕީގެ ކެމްޕެއިނަށް މީހުން އުފުލަން ބޭނުން ކުރަމުންދާއިރު، ސްޓެލްކޯގެ މީޓިން ރޫމްތަކުގައި އެމްޑީޕީގެ ކެމްޕެއިން ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. އަދި ރަށްރަށަށް ދަތުރުކުރާއިރު ކުންފުނީގެ ފައިސާ ޕެޓީކޭޝްގެ ގޮތުގައި ގެންގޮސް އެމްޑީޕީގެ ހަރަކާތްތަކަށް ދަނީ ހަރަދުކުރަމުންނެވެ.
ކަރަންޓު ބިލް ބޮޑުކުރުމަށްފަހު އެކަމުގެ ޝަކުވާ ރައްޔިތުން ކޮށްފިނަމަ، ކަރަންޓު ބިލް ބޮޑުވީ ހޫނު ގަދަކަމުން ކަމަށް ބުނަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް މޫސުމާ ބެހޭ ޤައުމީ އިދާރާގެ ހިސާބުތަކުން ދައްކާގޮތުން އޯގަސްޓު މަސް، ޖުލައި މަހަށްވުރެ ހޫނުގަދައެއް ނޫނެވެ. އެހެން ކަމުން ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބިލް އޯގަސްޓު މަސްތެރޭ ބޮޑުވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ އާ ޓާމިނަލްގައި ދަތުރުވެރިން ހިތްފަސޭހަކޮށްލަން އާ ޖާގައެއް ހުޅުވައިފި
3 ގަޑިއިރު ކުރިން

ދިވެހި ފާމަސިސްޓުން ތަމްރީން ކުރަން އެމްއެންޔޫ އާއި ސްޓޭޓް ފާމަރ އިން މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން

އަންނަ އަހަރުވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދެނީ
3 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)