
---
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

އަހުމަދު ޒަލީފު - 10 ފެބްރުއަރީ 2024 - 12:36
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އިން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. އެއީ މިއަދު ހަވީރު 4:30އިން ރޭގަނޑު 10:30 އަށެވެ.
ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދުގެ މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު، ދެކުނުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ބުނެއެވެ. އަދި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.
މެޓް އިން ބުނީ އިރުއުތުރާއި އިރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި، 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޯޓަށް ހާޒިރު ކުރަން 91 އަހަރުގެ މީހަކު ހޯދަނީ
6 ގަޑިއިރު ކުރިން

ތިން ރައީސުން އެކުވެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ފައްޔާޒު ގޮވާލައްވައިފި
8 ގަޑިއިރު ކުރިން

އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
8 ގަޑިއިރު ކުރިން

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)