
--
ނަޝީދު ވަކިކުރުމާ ގުޅޭ މައްސަލައިގެ ހުކުމް މިއަދު ހަވީރު!

އަހުމަދު ޒަލީފު - 09 ނޮވެމްބަރު 2023 - 07:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރުމަށް ފަހު ޖަލްސާތަކެއް ކެންސަލްކުރުމުން މަޖިލީހާ ދެކޮޅަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް މިއަދު ހަވީރަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައިވާ ގޮތުން، ހުކުމް ކުރުމުގެ މަޖިލިސް ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރަން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ޤާނޫނު އަސާސީއާ ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވަނީ ވިދާޅުވެފައެވެ.
ޑިމޮކްރެޓްސްއިން ބުނާގޮތުން މި މައްސަލައަށް ތަދައްޚުލްވާން ޕާޓީން ނިންމީ މި މައްސަލައަކީ ޑިމޮކްރެޓްސްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީއެވެ.
މިއަދުގެ އަޑުއެހުމުގައި ޝާއިރު ވިދާޅުވީ މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިޖުރާތާއި ޚިލާފަށް ކަމަށާއި މިފަދަ ދުސްތޫރީ މައްސަލަތައް ސްޕްރީމް ކޯޓަށް ހުށަހަޅާނެ ގޮތުގެ އިޖުރާއެއް ޤާނޫނު އަސާސީގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށެވެ.
"ޤާނޫނުގައި ކަންއޮތް ގޮތާމެދު، މުހިންމު ސުވާލުތަކާއިމެދު ނުވަތަ ޤާނޫނީ ގޮތުން ކަން އޮތް ގޮތާމެދު މަޖިލީހުގައި އުފެދޭ ދެބަސްވުންތައް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާނެ ގޮތުގެ އިޖުރާއެއް ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އެ އިޖުރާތާ ޚިލާފަށް ހުށަހަހަޅާފައިވާ މައްސަލައެއްކަން." ޝާއިރު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ޤާނޫނު އަސާސީގައި އެހެން ގޮތެއް ބަޔާންކޮށްފައި ނުވާހިނދު ރައްޔިތުންގެ މަޖިލީހުގައި ހިނގާ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަން ފާހަގަކުރައްވަމުން ޝާއިރު ވިދާޅުވީ މި މައްސަލައިގައި އެމްޑީޕީން އަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ކޮމިޝަނަރ އޮފް ޕޮލިސް
12 ގަޑިއިރު ކުރިން

ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ފުރައިފި
15 ގަޑިއިރު ކުރިން

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
17 ގަޑިއިރު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން


.gif&w=3840&q=75)