logo
ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސީ އުޝާމް

ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސީ އުޝާމް

ޔާމީން މިނިވަން ކުރަން އެންމެ ބޮޑަށް އެދެނީ އަޅުގަނޑު - ނާޒިމް

profile

އަހުމަދު ޒަލީފު - 14 ސެޕްޓެމްބަރު 2023 - 12:14

ވ. އާރަށުގެ މައްސަލާގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އެންމެ ބޭނުންވަނީ އޭނާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޑރ. މުއިއްޒު އާއި އެކު ދެވަނަ ބުރުގެ ކެމްޕެއިން ނިކުމެ ވަޑައިގެން މިއަދު އއ. ފެރިދޫގައި ވާހަަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަވާކަށް ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސެލެކްޓިވް ޖަސްޓިސްގެ ތެރެއިން ހަރާން ހުކުމެއް ރައީސް ކަން ކުރެއްވި ބޭފުޅަކަށް އައުމަށް ނޭދޭ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ވަނީ ފިސްތޯލެއް ބޯ ދަށަށް ލައްވައިގެން އޮތްކަމަށް ބުނެ ހައްުޔަރުކޮށް 11 އަހަރަށް ޖަލަށްލާފައެވެ. ނާޒިމް މިނިވަން ކުރީ ޕީޕީއެމްގެ ވެރިކަން ނިމި 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކޮށް 1907 ވޯޓު ހޯއްދެވި ނާޒިމް ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް ތާއިދު ކުރަން ނިންމައި ކޯލިޝަން ހަދާފައެވެ.

https://etukuri.mv/
https://www.aslu.com.mv