
ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް
ޖިންސީ އަނިޔާގެ 80 އިންސައްތަ މައްސަލަތަކުގައި އަނިޔާކުރާ ފަރާތަކީ ގާތް މީހުން

އައިޝަތު އިނާޝާ - 30 ނޮވެމްބަރު 2024 - 16:57
ޖިންސީ އަނިޔާގެ 80 އިންސައްތަ މައްސަލަތަކުގައި އަނިޔާކުރާ ފަރާތަކީ، އަނިޔާލިބޭ ފަރާތް ދަންނަ މީހެއް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓްއިން ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންހެނުންނަށް ކުރާ އަނިޔާތަކުގައި އަނިޔާކުރާ ފަރާތަކީ އެމީހެއްގެ ބައިވެރިއެއް، އާއިލާ މީހެއް، ރައްޓެއްސެއް ނުވަތަ އަވައްޓެރިއެއް ކަމަށެވެ. ރާއްޖޭގެ ޒާތީ ގުޅުމެއްގައި އުޅޭ ނުވަތަ އުޅެފައިވާ އުމުރުން 15 އަހަރާއި 49 އަހަރާއި ދެމެދު ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކަށް ބައިވެރިޔާގެ ފަރާތުން ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މުޅި ދުނިޔެއަށް ބަލާލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތަކީ ގިނަފަހަރު އަނިޔާ ލިބޭ ފަރާތް ދަންނަ ނުވަތަ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހެއް ކަމަށާއި ރާއްޖޭގައިވެސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ގިނައީ މިފަދަ މައްސަލަތައް ކަމަށެވެ.
އަދި، އަންހެނުންނަށް ކުރާ އަނިޔާގެ ތެރެއިން ޒާތީ ގޮތުން ގުޅިފައިވާ ބައިވެރިއެއްގެ ފަރާތުން އަނިޔާ ލިބުމުގެ ހިރާސް ބޮޑު ކަމަށާއި ގެވެށި ގުޅުންތައް ހަރުދަނާކޮށް، އަނިޔާއިން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމުގައި އެންމެންގެވެސް ދައުރެއްވާ ކަމަށެވެ.
ގޭތެރެއާއި އެނޫންވެސް އެންމެހާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހަދަމާ! : މިނިސްޓްރީ

ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް
ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓްއިން ވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ހަރަކާތް ފަށާފައެވެ. މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތް ފާހަގަކުރެވެނީ، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އިންޓަރނޭޝަނަލް ޑޭ ފޯ ދަ އެލިމިނޭޝަން އޮފް ވައޮލެންސް އެގެއިންސްޓް ވިމެން، ނުވަތަ އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ ދުވަސްކަމަށް ވެފައި، ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހަކީ އިންސާނީ ހައްޤުތަކާ ބެހޭ ދުވަސް ކަމަށް ވާތީއެވެ.
މި އަހަރުގެ 16 ޑޭޒް އޮފް އެކްޓިވިޒަމްގެ ޝިޢާރަކީ، 'ކޮންމެ 10 މިނިޓަކުން އެއް އަންހެނަކު މަރާލެވޭ. #އުޒުރެއްނެތް. އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެއްބައިވަމާ!" އެވެ.
ގުޅުން ހުރި ޙަބަރުތައް
-79e1aa401c2c0196006b.webp&w=3840&q=75)
ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ފުރުމަށް ޕޯޓަލް ހުޅުވާލައިފި
5 ގަޑިއިރު ކުރިން

އެމް.އޭސީ.އެލް އަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް: މިނިސްޓަރު މޫސާ ޒަމީރު
6 ގަޑިއިރު ކުރިން

ހޯމްނާސިން ކެއާގެ ހިދުމަތް ރޯދަމަހުގެ ފަހުން ފަށަނީ
6 ގަޑިއިރު ކުރިން

ބައްސާމު އިތުރު 23 އަހަރަށް ޖަލަަށް ލާން ހުކުމްކޮށްފި
7 ގަޑިއިރު ކުރިން


