logo
ޣައްޒާ

ޣައްޒާ

24 ގަޑިއިރުތެރޭ 5 ކުއްޖަކު ޝަހީދު ކޮށްލައިފި

profile

އަހުމަދު ޒަލީފު - 17 ޖޫން 2024 - 05:27

އިޒްރޭލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން 5 ކުޑަ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

https://wamco.com.mv/

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން، ފާއިތުވި 24 ގަޑިއިރު ބޮން އެޅުމުގެ ސަބަބުން 9 މީހަކު އަދި 5 ކުޑަ ކުއްޖަކު ޝަހީދު ކޮށްލާފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އަދި މި ހަމަލާތަކުގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ބޮން އެޅުމުގެ އިތުރުން، އިޒްރޭލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ތަންތަނަށް ވަދެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލުނައްތާލުމުގެ ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުއާންމުގައި 15،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 37،300 އަށްވުރެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 85290 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay