logo
—

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

profile

އަހުމަދު ޒަލީފު - 31 މާރިޗު 2024 - 16:30

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

https://wamco.com.mv/

އެ ކޯޓުން ބުނީ ކ.މާލެ، މ.ޗިޅިޔާ އަޙްމަދު ޝާހިދު (އައިޑީ ކާޑު ނަންބަރު: A053493) އަކީ އެ ކޯޓަށް ހުށަހެޅި ހިނގަމުންދާ އާއިލީ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ދިރިއުޅޭކަމަށް ލިބިފައިވާ އެޑްރެހުން ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވިފައި ނުވާތީ، ކޯޓަށް ޙާޟިރު ކުރެވިފައިނުވާ މީހެއް ކަމަށެވެ.

އެ ކޯޓުގެ އާއިލީ މައްސަލަ ހިންގުމަށްޓަކައި އަޙްމަދު ޝާހިދު 15 މެއި 2024 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް މ.ޗިޅިޔާ، އަޙްމަދު ޝާހިދުއަށް އަންގާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި 15 މެއި 2024 ވަނަ ދުވަހުގެ 10:00 އަށް އަޙްމަދު ޝާހިދު ކޯޓަށް ޙާޟިރުނުވެއްޖެނަމަ އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ބަލާ ނިންމާނެ ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk