logo
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ވަސީލަތްތައް ނުދީ ޝަރީއަތް އަވަސްކޮށްދޭން އެދޭތީ ސްޕްރީމް ކޯޓުން ނުރުހިއްޖެ

profile

އަހުމަދު ޒަލީފު - 21 މާރިޗު 2024 - 11:24

ޝަރުއީ ދާއިރާއަށް ބޭނުންވާ މުވައްޒަފުންނާއި އިމާރާތްތައް ނުދީ ޝަރީއަތްތައް އަވަސްކުރަން އެދޭތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުރުހުން ފާޅުކޮށްފިއެވެ.

https://wamco.com.mv/

އެކަމާއި ގުޅިގެން ސްޕްރީމް ކޯޓުން ނުރުހުން ފާޅުކޯށްފައިވަނީ އިތުރު ބަޔަކާ ގުޅިގެން ޑުރަގު އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ޑިސެމްބަރު 7، 2020 ގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހުކުމެއްގައެވެ.

ޑުރަގުގެ ބޮޑު ތުހުމަތެއްގައި ހައްޔަރުކޮށްފައިހުރި ޢިރުފާންގެ ބަންދު މުރާޖައާކޮށްދޭން އެދުމުން އޮކްޓޫބަރު 3، 2023 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ. ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޑިސެމްބަރު 20، 2023 ގައި ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އެކަމަކު، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން އެ ކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޢިރުފާން އަލުން ބަންދުކުރަން އަންގައިފައިވާއިރު ހަތް ދުވަހުގެ ތެރޭގައި އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްތޯ ނުވަތަ ނޫންތޯ ދަށު ކޯޓުން ކަނޑައަޅަން ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މިހާރު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކުރުން ކަމަށެވެ.

އެކަމަކު އެކަން ކުރެވޭނީ ޝަރުއީ ދާއިރާއަށް އެކަށީގެންވާ މުވައްޒަފުންނާއި އިމާރާތް ދީގެން ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

"އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީ ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް،" ފަނޑިޔާރު ވިދާޅުވިޮއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk