
ފޮޓޯ: މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ
ތިމާވެށި ރައްކާތެރިކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު: މިނިސްޓަރު ޠާރިޤް

އައިޝަތު އިނާޝާ - 30 ނޮވެމްބަރު 2024 - 16:07
ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި ބޭނުންވަނީ ޒުވާނުން މިކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ތަން ދެކެން ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިސް ހަނާން ސުލައިމާން އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މައުޟޫއަކީ ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަންހަޖު މުރާޖަޢާކުރުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމެވެ.
"ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު. އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުން މިކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ތަން ދެކެން." : މިނިސްޓަރު ޠާރިޤް
ބައްދަލުކުރެއްވުމުގައި ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިސް ހަނާން ސުލައިމާން ވިދާޅުވީ ކުޑަކުދިންނާއި ޒުވާނުންނަށް ތިމާވެށީގެ މައްސަލަތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. މިގޮތުން މަންހަޖު މުރާޖަޢާކުރުމާއި މުދައްރިސުންނަށް ތަމްރީނު ދިނުމަކީ ވަރަށް އިސްކަންދޭ ކަންތައްތައް ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތްތަނުގައި ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ޙިދުމަތަށް 93 އަހަރު!
15 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
15 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި
15 ގަޑިއިރު ކުރިން

ފިޔޯރީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ!
18 ގަޑިއިރު ކުރިން


.gif&w=3840&q=75)