
---
މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި

އަހުމަދު ޒަލީފު - 22 މޭ 2024 - 03:54
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މެދުރާއްޖޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހެނދުނު 9 ޖެހުމާއި ހަމައަށެވެ.
އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަ ބިޒަނަސް ފޯރަމެއް މި މަހުގެ ތެރޭގައި ބާއްވަނީ
2 ގަޑިއިރު ކުރިން

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ
2 ގަޑިއިރު ކުރިން

މިހާތަނަށް ރާއްޖެއަށް 827 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފި
2 ގަޑިއިރު ކުރިން

ވީއައިއޭގެ މަގު މަރާމާތު ކުރާތީ ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)