
—
އީދާ ދިމާކޮށް މޫސުން ރަނގަޅުވާނެ - މެޓް

އަހުމަދު ޒަލީފު - 24 ޖޫން 2023 - 08:18
ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް މޫސުން ރަނގަޅުވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަ ގަދަކޮށް އީީދު ފާހަގަ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މިއަދާއި މާދަމާ މޫސުން ލަފާކުރާގޮތައް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެ، ވައި ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ސްކޫލް ބަންދާއި އީދު ބަންދު ޗުއްޓީއަށް ފުރައިގެންދާއިރު ގޯތި ގެދޮރާއި ގެންގުޅޭ އަގުބޮޑު މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުުހުން މިކަމަށް އިލްތިމާސްކުރެއްވީ އީދު ބަންދާއި ސްކޫލް ޗުއްޓީއަށް ގިނަ ބަޔަކު އެކިތަންތަނަށް ދަތުރުކުރާނެތީ ރައްކާތެރިކަމަށް ސަމާލުކަން ދޭންވި ކަންތައްތަކަށް އިރުޝާދުދެއްވަމުންނެވެ.
އެގޮތުން ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯއާއި ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދި ދުވާލަކު އެއްފަހަރު ނަމަވެސް ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާ އަދި ގޭގައި އަލިކަން ބެހެއްޓުމުގެ ގޮތުން ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.
މިދުވަސްވަރަކީ ކަނޑުމަގުންވެސް ގިނަބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ އޮޕަރޭޝަނެއް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން މިހާރުވަނީ ފަށްޓަވާފައެވެ.
ކަނޑުމަގުން އެއްތަނުން އަނެއް ތަނެއް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާންވީ ކަންތައްތައްވެސް ފުލުުންވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުންނާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް އެދަތުރުކުރާ އުޅަނދަކީ ދަތުރަށް އެންމެ އެކަށޭނަ އުޅަނދުތޯ ޔަގީންކުރުމަށް ފުލުހުންވަނީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން ފުރުމުގެ ކުރިން ލައިފްޖެކެޓް، އަލިފާންނިވި، ފަސްޓްއެއިޑް ބޮކްސް، ދިޔަހިއްކުމަށް ބޭނުންކުރާ އާލާތްތައް، ނެވިގޭޝަން އާލާތްތައް އަދި މުވާސަލާތީ ވަސީލަތްތައް ހަމައަށްހުރިތޯއާއި އެ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ އުޅަނދު ދުއްވާ ފަރާތުން ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ގެޝެމް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި
8 ގަޑިއިރު ކުރިން

ހުޅުމާލެ ބީޗު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި
8 ގަޑިއިރު ކުރިން

ކެނެޑާގެ ގަވަރނަރ ޖެނެރަލް އަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދަންނަވައިފި
9 ގަޑިއިރު ކުރިން

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)