
---
މޫސުން ތަންނުދޭތީ ދިވެހީންގެ ރާއްޖެ ފެސްޓިވަލް ފަސްކޮށްފި

އަހުމަދު ޒަލީފު - 29 ޑިސެމްބަރު 2023 - 15:46
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ހާއްސަކޮށް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ޑިސެމްބަރު 31 ވަނަ ދުވަހު ބާއްވަން ނިންމި ފެސްޓިވަލްގެ ރޭގަނޑުގެ ހަރަކާތް ފަސްކޮށްފިއެވެ.
ވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުގުވެރިކަން އޮތްނަމަވެސް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައިވާ ކަަމަށެވެ.
އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން އެ ފެސްޓިވަލްގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް ފަސްކުރެވިފައިވާ ކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
"މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށްފަހު އަންގާނެ ވާހަކަ ދަންނަވަމެވެ.". އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ފެސްޓިވަލްތެރޭގައި މިއުޒިކް ޝޯވވެސް ހިމެނެއެވެ. އަދި ލޭޒާ ޝޯއެއްވެސް ހިމެނޭއިރު، ދިވެހި އާޓިސްޓުންނާއި އެކި ހުނަރުތަކުގެ ފަންނާނުން ހުށަހެޅުންތައް މި ފެސްޓިވަލުގައި ފެނިގެންދާނެެއެވެ. އަދި ހަވާ އެރުވުންްވެސް މި ފެސްޓިވަލް ތެރޭގައި ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޯޓަށް ހާޒިރު ކުރަން 91 އަހަރުގެ މީހަކު ހޯދަނީ
9 ގަޑިއިރު ކުރިން

ތިން ރައީސުން އެކުވެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ފައްޔާޒު ގޮވާލައްވައިފި
11 ގަޑިއިރު ކުރިން

އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
11 ގަޑިއިރު ކުރިން

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)