logo

ކަރުނާޓަކާ ސްޓޭޓް - ރާއްޖެ އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރައްވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 އޮކްޓޯބަރު 2024 - 18:30

ރައީސް ކަރުނާޓަކާގެ ގަވަރުނަރާ ބައްދަލުކުރެއްވުން

ރައީސް ކަރުނާޓަކާގެ ގަވަރުނަރާ ބައްދަލުކުރެއްވުން

އިންޑިއާގެ ކަރުނާޓަކާއާއި ދިވެހިރާއްޖެއާއި ދެމެދު އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކޮށްފިއެވެ.

ދެ ގައުމުގެ މެދުގައި އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގުމުގެ މަޝްވަރާތައް ކުރެއްވީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ކަރުނާޓަކާގެ ގަވަރުނަރާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

ކަރުނާޓަރާގެ ގަވަރުނަރު ތަވަރު ޗާންދު ގެހްލޮޓާއި މިއަދު ބައްދަލުކުރައްވައި ރައީސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ ފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ވަރަށް ފައިދާކުރަނިވި މަޝްވަރާ ކުރެވުނު ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ ކަރުނާޓަކާގެ ޗީފް މިނިސްޓަރު ސިއްދަރުމައިއާއެވެ.

ކަރުނާޓަކާ އާއި ރާއްޖެއާއި ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ، ދެ ގައުމުގެ މެދުގައި 'އެޑިއުކޭޝަނަލް އަދި ކަލްޗަރަލް' އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގައި، ތަޖުރިބާ ބަދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބެންގަލޫރަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ބެންގަލޫރުގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަމުން ގެންދަވާއިރު، މިރޭގެ ވަގުތެއްގައި ބެންގަލޫރުގައި އުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލު ކުރައްވާނެއެވެ.

https://wamco.com.mv/
tel:+9607331319