
—
އިޖްތިމާއީ ފްލެޓްތަކުގެ ކުލި މާފުކޮށްދޭނަން - ގާސިމް

އަހުމަދު ޒަލީފު - 31 އޯގަސްޓު 2023 - 07:19
ވެރިކަން ލިބިއްޖެނަމަ އިޖްތިމާއީ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އޭނާ ދުވަހަކުވެސް ދެކޮޅު ނަހަދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އަޅުގަނޑު ދުވަހަކުވެސް ދެކޮޅު ނަހަދާނަމެވެ. ނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ )… pic.twitter.com/OZmdQLkRXw
— Qasim Ibrahim (@qasimibrahim) August 31, 2023
ނަމަވެސް ދިވެހި ދައުލަތުގައި އޮތް އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްގުނަ އެއްބައި ރައްޔިތުން މަހްރޫމުވެފައި، އަދި ހަމަ އެބިމުގައި އިމާރްކޮށްފައިވާ އިޖްތިމާއީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ގާސިމްގެ ޓްވީޓްގައި ސުވާލު ކުރައްވާފައި ވެއެވެ.
އެހެން ކަމުން އޭނާގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނެ ކަމަށް ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ އިދާރީ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކާމެދު މޭޔަރު ސައުދު ސުވާލު އުފައްދައިފި
ގަޑިއިރެއް ކުރިން

ޕީއެންސީ އޮތީ ރައީސް އާއެކު ގަދަކޮށް: އަބްދުއްރަހީމް
ގަޑިއިރެއް ކުރިން

ކަނޑުމަގުން އެތެރެކުރަން އުޅުނު 15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
2 ގަޑިއިރު ކުރިން

ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވޭ: ރައީސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)