logo

"ރައްޔިތުންގެ ސައްލާ" ގެ ނަމުގައި ޕީއެންސީން ސިލްސިލާ ފޯރަމްތަކެއް ބާއްވަނީ

profile

އައިމިނަތު ރޫޔާ - 04 ނޮވެމްބަރު 2024 - 12:43

"ރައްޔިތުންގެ ސައްލާ"ގެ ނަމުގައި ޕީއެންސީން ސައްލާ ފޯރަމްތަކެއް ބާއްވަނީ-- ފޮޓޯ: ޕީއެންސީ

"ރައްޔިތުންގެ ސައްލާ"ގެ ނަމުގައި ޕީއެންސީން ސައްލާ ފޯރަމްތަކެއް ބާއްވަނީ-- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ މައި ޕާޓީ - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން "ރައްޔިތުންގެ ސައްލާ" ގެ ނަމުގައި ސިލްސިލާ ސައްލާ ފޯރަމްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސައްލާގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި ޕީއެންސީ ހަރުގޭގައެވެ.

މިރޭ ބާއްވާ ސައްލާ ފޯރަމްގެ މައުޟޫއަކީ "ގެދޮރުވެރިކަމުގެ ބަޖެޓް 2025" އެވެ.

މި މައުޟޫއަށް މިރޭގެ ފޯރަމްގައި މައުލޫމާތު ހިއްސާ ކުރައްވާނީ ޕީއެންސީގެ ނައިބުރައީސް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުޙައްމަދު ފިރުޒުލް، މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބުވަޒީރު އަޙްމަދު ސާއިދު މުޞްޠަފާއެވެ.

މިފޯރަމްގައި ބައިވެރިވާ ޢާންމު ރައްޔިތުންނަށް ޕެނަލިސްޓުންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީއިން މިރޭ ފަށާ "ރައްޔިތުންގެ ސައްލާ" ފޯރަމް ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވާއިރު، އެ ޕާޓީން ގެންދަނީ ދޭތެރެދޭތެރެއިން ހަރުގެ ޖަލްސާތައްވެސް ބާއްވަމުންނެވެ.


https://int.etukuri.mv/
tel:+9607331319