
97da9ecc-6919-4216-8a14-12f806d5bf6b.webp
މިނިވަން ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފި

އައިޝަތު އިނާޝާ - 24 ޖުލައި 2024 - 07:28
މިނިވަން ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގައުމީ ކެޑޭޓް ކޯއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން މިނިވަން ދުވަހު ހަވީރު 16:00 އިން 18:00 މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން އެ ވަގުތު މާލޭގެ ޓްރެފިކް ކޮންޓްރޯލު ކުރުމަށް އުނދަގޫވާނެތީ އެ ވަގުތުގައި މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
ހާއްސަ ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރެއެވެ.
ޖުލައި 26 އަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުދިބޮޑު އެންމެން ޝާމިލްވާ ގޮތުގައި އެންމެ ކުލަގަދަ ކޮށް ފާހަގަކުރަމުން އަންނަ އެއް ދުވަހެވެ. މިނިވަންދުވަހު އަޅުގަނޑުމެން ފާހަގަކުރަނީ މިނިވަންކަމުގެ އުފަލެވެ. އަދި ޤައުމާއި ދީނުގެޙައްޤުގައި، މިޤައުމު މިނިވަންކަންމަތީ މިޖީލާ ހަމައަށް ވާރުތަކޮށްދެއްވި އަގުހުރި ކާބަފައިންގެ މިންނެތް ޤުރުބާނީގެ މަތިން ހަނދާންއާކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފި
27 މިނިޓު ކުރިން

މޯލްޑިވިއަނަށް އެމްޑީޕީ އިން ދޭންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކަން ކޯޓުން ބޭރު އެއްބަސްވުމަކަށް
27 މިނިޓު ކުރިން

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުން ނަގާ ޓެކްސްތަކެއް ކަނޑާލައިފި
28 މިނިޓު ކުރިން

އިގްތިސާދީ ކުރިއެރުމަށް އެމްއެމްއޭ އިން އަގުހުރި ހިދުމަތްތަކެއް ކޮށްދިން: ޒަރީރު
28 މިނިޓު ކުރިން


.gif&w=3840&q=75)