
ރައީސް ސޯލިހާއި ފެނަކަ އެމްޑީ ސައީދު
އެމްޑީޕީ ޖަހަގަތަކަށްވެސް ކަރަންޓް ބިލް ފޮނުވާނެ ކަމަށް ބުނުމުން ސަސްޕެންޑްކޮށްފި

އަހުމަދު ޒަލީފު - 15 ޖުލައި 2023 - 09:07
ލ. ފޮނަދޫގައި ހިންގާ އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ބިލުކުރާނެކަން އަންގާ ފޮނުވި ސިޓީގައި ސޮއިކުރި އެރަށޫ ފެނަކަ ގޮފީގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.
ފެނަކަ އިން އެމްޑީޕީ ޖަގަހައަށް ދެމުން އައި ކަރަންޓަށް މީގެ ކުރިން ބިލެއް ނުކުރެއެވެ.
ނަމަވެސް އެކަން ބަދަލުކޮށް ކުރިއަށް އޮތްތަނުގައި އެމްޑީޕީ ޖަގަހައަށް ވެސް ވިޔަފާރި އުސޫލުން ބިލް ކުރާނެކަން އަންގައި ފޮނުވި ސިޓީގައި ސޮއި ކުރީ އަބްދުލް މުހްސިން އަލީ ނަމަކަށް ކިޔާ މުވައްޒަފެކެވެ. އޭނާ އަކީ ކަމާއި ގުޅޭ ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުރި މުވައްޒެވެ.
އަބްދުލް މުހުސިން 15 ދުވަހަށް ސަސްޕެންޑްކޮށް ފެނަކަ އިން އޭނާ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ ސަސްޕެންޑް ކުރީ ފެނަކަ އިން ތަހްގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފޮނަދޫ އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ކަރަންޓް ބިލު ކުރާނެކަމަށް އަންގާ ފޮނުވި ސިޓީގައި އެ މުވައްޒަފު ސޮއިކޮށްފައިވަނީ ވަގުތީ ގޮތުން އޭނާ ޑިޕާޓްމަންޓާއި ހަވާލުވެ ހުރުމުގެ ސަބަބުންނެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ވަޒީފާގެ ބިރު ނައްތާލާނެ ކަމަށް ވައުދުވެގެން ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން އަންނަނީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ އިންތިހާބަށް ނުފޫޒު ފޯރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ
7 ގަޑިއިރު ކުރިން

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ނިންމަވާލައްވައިފި
7 ގަޑިއިރު ކުރިން

ވައިގަދަވެ މާފުށީގައި ޕެރެސެއިލިންގެ ވައިކުޑަ ފަޅައިގެންގޮސް މީހަކު މޫދަށް ވެއްޓިއްޖެ
8 ގަޑިއިރު ކުރިން

71 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް
9 ގަޑިއިރު ކުރިން


.gif&w=3840&q=75)