
--
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ގަވާއިދަށް ފައްތަނީ!

އަހުމަދު ޒަލީފު - 08 ޑިސެމްބަރު 2023 - 11:11
ގަވާއިދާއި ހިލާފަށް ރާއްޖޭގެ ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޮޕަރޭޝަންއެއް ފެށުމަށް ނިންމައިފި އެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ގަވައިދާއި ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާކަމަށެވެ. އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ބެލުމަށްފަހު އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެކަމަށް ބުނިއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އޮޕަރޭޝަންގެ ތެރެއިން އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތް ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެކަމަށެވެ.
މި އޮޕަރޭޝަންގެ މަގްސަދަކީ ރާއްޖޭޣައި ގަޥާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރާމައިއެކު، މަސައްކަތްކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާއި އެއްގޮތަށް ބައްޓަން ކުރުންކަމަށް އެ އިދާރާއިން ބުނިއެވެ. އަދި މަސައްކަތްތަކުގައި ބިދޭސީއިން ގެންގުޅޭ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކާއި، ރައްޔިތުްނޏާއި އަދި މިކަމާއި ގުޅުންހުރި އެންމެހާ ފަރާތްތައް ޝާމިލުކޮށްގެން ހަރުދަނާކުރުންކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ އަށްވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
13 ގަޑިއިރު ކުރިން

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
13 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ދަތިކަމެއް ނާންނާނެ: ވަޒީރު ޒަމީރު
18 ގަޑިއިރު ކުރިން

އަންހެން ކުދިންނަށް ހިމާޔަތް ދިނުމާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް: ރައީސް
18 ގަޑިއިރު ކުރިން


.gif&w=3840&q=75)