
ކާނި ޢަބްދުالله
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސަކަށް ކާނި އަބްދުﷲ

އަހުމަދު ޒަލީފު - 16 ޑިސެމްބަރު 2023 - 16:23
ނެޝަނަލް ހޮޓެލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްއަކަށް އެ މަގާމުގައި މިހާރު ވެސް ހުންނެވި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) މިއަދު އިންތިހާބުވެވަޑައިގެންފިއެވެ.
މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނެޝަނަލް ހޮޓަލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ ރައީސް އާއި ނައިބު ރައީސްގެ އިތުރުން އާ ބޯޑު މެމްބަރުން ވެސް އިންތިހާބުކޮށްފައެވެ.
އާންމު ޖަލްސާގައި އެސޯސިއޭޝަންގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އަބްދުﷲ އިންތިހާބު ކުރިއިރު، މިދިޔަ ދައުރުގައި ވެސް އެ އެސޯސިއޭޝަންގެ ރައީސަކީ އަބްދުﷲ އެވެ. އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ނޫމޫ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ވަހީދާއި ގުމްބަރު އިން ގެސްޓްހައުސްގެ ވެރިޔާ އަބްދުލް ސަމީއު އިމާދެވެ.
އޭގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީ އަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި އެޑްވައިޒަރު އަހުމަދު ނަސީރު ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގައި ދެން ހިމެނޭ ބޯޑުގެ މެމްބަރުން:
- ހަސަން އަލީ މަނިކު - ފައިނޭންޝަލް ކޮންޓްރޯލާ
- އަހުމަދު އާލް ނަސީރު - ޕީއާރު އެންޑް މާކެޓިން
- އަހުމަދު ސާމިލު - އެކްސްކޯ މެންބަރު
- މުހައްމަދު ޔާމީން - އެކްސްކޯ މެންބަރު
- އަމްޖަދު އިސްމާއީލް - އެކްސްކޯ މެންބަރު
- އަންދުﷲ ސަމީރު - އެކްސްކޯ މެންބަރު
- އަހުމަދު ކަރަމް - އެކްސްކޯ މެންބަރު
- ރާއިފް ޝާޒް ވަލީދު - އެކްސްކޯ މެންބަރު
- ސައުދުﷲ އަހުމަދު ހަސަން ދީދީ - އެކްސްކޯ މެންބަރު
- ނިމާދު އިބްރާހިމް - އެކްސްކޯ މެންބަރު
ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެކި ސަރުކާރުތަކުން އިންޑަސްޓްރީ އަށް ދަތިވާ ގޮތަށް އަޅާ ފިޔަވަޅުތަކަށް ހައްލު ގެނައުމަށް ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދައްކަން ނިންމައިފައެވެ.
އެ ޖަމްއިއްޔާ އިން ކުރިޔަށް އޮތް އަހަރު ގެސްޓްހައުސްތަށް މާކެޓްކޮށްދިނުމަށް ގެސްޓްހައުސްތަކުގެ ފޮޓޯ އާއި މައުލޫމާތް ހިމެނޭ މެގަޒިންއެއް ނެރެ ބޮޑެތި ފެއާތަކުގައި އިސްތިހާރު ކުރަން ބެހުމަށް ވެސް ވަނީ ނިންމައިފައެވެ. ހުރިހާ ބޮޑެތި ފެއާތަކުގައި އެސޯސިއޭޝަންގެ ކައުންޓަރެއް ބެހެއްޓުމަށް ވެސް އަހަރީ އާންމު ޖަލްސާގައި ނިންމާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުމާ ބެހޭ ގައުމީ އިދާރާގައި 47 އަހަރު ހޭދަކުރެއްވި އަލީ ޝަރީފްގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި
26 މިނިޓު ކުރިން

މިދިޔަ އަހަރު ވެލާނާ އެއާޕޯޓަށް 8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި
26 މިނިޓު ކުރިން

ރޯދަ މަހު ދީނީ ހޭލުންތެރިކަމަށް ގިނަ ޕްރޮގްރާމްތަކެއް
26 މިނިޓު ކުރިން

ބޮޑުތަކުރުފާނު މަގުފުޅާކުރުން: 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލައިފި
16 ގަޑިއިރު ކުރިން


