
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
މަޖިލިސް ގަވައިދު ބަދަލުކުރި މައްސަލަ ކޯޓުން ބަލައިގެންފި

އަހުމަދު ޒަލީފު - 05 ފެބްރުއަރީ 2024 - 12:48
ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފިއެވެ.
އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ބަންޑާރަ ނައިބު އޮފީހުންނެވެ. މި މައްސަލަ ބަލައިގަތްކަން ސްޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
މަޖިލީހުގެ ގަވައިދުތަކަށް ގެނައި އިސްލާހުތަކަކީ:
- ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
- ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
- އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
- ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
- ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
- އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް
އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.
މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ތިން ބައި ކޮށްފައި ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އެކަމަކު އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާ އިރު، އެ ދާއިރާތަކަށް އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން، މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ވަނީ ފާސްކޮށްފައެވެ. މިއާއެކު، މިހާރު ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.
ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ޖުމުލަ މެންބަރުން ބަލާނެހަމައެވެ.
މަޖިލީހުގައި މިހާރު ތިބީ އެމްޑީޕީގެ 44 މެންބަރުން، ދަ ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމްގެ 2 މެންބަރުން، ޕީއެންސީގެ 14 މެންބަރުން، ޖުމްހޫރީ ޕާޓީގެ 2 މެންބަރުން، އެމްޑީއޭގެ 2 މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ: 3 މެންބަރުން (އެ މެންބަރުންގެ ތެރޭގައި އެމްއެންޕީގެ ދެ މެންބަރުން ހިމެނޭ)އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވެއްޖެނަމަ ލިބޭ 57 ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. ރައީސް މުއިއްޒު އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް މިހާރު ވަނީ ސޮއި ހަމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
19 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
21 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
21 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
ދުވަހެއް ކުރިން


.gif&w=3840&q=75)