
ކަނޑުތައް ވަރަށް ގަދަ
ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

އަހުމަދު ޒަލީފު - 29 ޑިސެމްބަރު 2023 - 15:41
ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިންވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ ހަވީރު 5 ޖެހުމާހަމައަށެވެ.
މިސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
ރީނދޫ ސަމާލަކީ، ދިމާވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ ސަމާލެކެވެ. އަދި އެއީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ ސަމާލެވެ.
މޫސުމާބެހޭ އިދާރާއިން ކުރިއަށް އޮތް ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދ އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާ ދެމެދު ކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.
ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދޮގު ޑޮކުއުމެންޓަރީ ގިނަގިނައިން ހައްދަވާ، އަޅުގަނޑަށް ލިބޭނީ ފައިދާ: ރައީސް ޑރ މުއިއްޒު
7 ގަޑިއިރު ކުރިން

ނާޒިމް ވަކިކުރަން 73 މެމްބަރުން ގަރާރު ހުށަހަޅައިފި
17 ގަޑިއިރު ކުރިން

ޑައިވިންގ އަށް ދިޔަ 5 މީހުން މަރުވެއްޖެ
18 ގަޑިއިރު ކުރިން

މިއަހަރު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުވުމުގެ ތައްޔާރީތައް އެމްއޭސީއެލް އިން ނިންމާލައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)