
ޕީއެންސީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓްލުން މިއަދު ހެނދުނު 10 އިން ހަވީރު 5 އަށް

އަހުމަދު ޒަލީފު - 26 ޖެނުއަރީ 2024 - 21:01
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 10 އިން ހަވީރު 5 އަށް ކަމުގައި އެކޯލިޝަނުން ހާމަކޮށްފިއެވެ.
ޕީޕީއެމްއިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާދަމާ ބޭއްވޭ ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާކަމަށެވެ. 283 ކެނޑިޑޭޓުން 73 ދާއިރާއަކަށް ވާދަކުރައްވާ މިޕްރައިމަރީގައި 227 ވޯޓް ފޮށި ބަހައްޓާނެއެވެ.
ހެނދުނު 10 ޖަހާއިރު ވޯޓްލުން ފެށޭނެކަމަށާއި ވޯޓްފޮށިތައް ބެހެއްޓޭނެ ތަންތަނަކީ ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލް އަދި ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ) އަދި ރެހެންދި ސްކޫލް (ހުޅުމާލެ)ގައި ކަމަށާއި އަތޮޅުތަކަށް ޚާއްސަ ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގައި ކަމަށް ޕީޕީއެމްގެ ޓުވީޓުގައި ވެއެވެ.
މިއަދު ޕްރައިމަރީގެ ވޯޓްލުން ބައްވާގޮތަށް ނިންމާފައިވާއިރު ޕްރައިމަރީގައި ވާދަކުރުމަށް ފޯމްހުށަހެޅި ހުރިހާ ކެނޑިޑޭޓުންނަށް ވަނީ ފުރުސަތު ދީފައެވެ. އަދި އެންމެ ފަރާތަކުން ކުރިމަތިލައިފައިވާތީވެ 13 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ
2 ގަޑިއިރު ކުރިން

ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް
2 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބީއެމްއެލް އިން ބާއްވައިފި
10 ގަޑިއިރު ކުރިން

ޢީދަށްފަހު، ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)