
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫޙް
ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ޕާޓީތައް ހަރުދަނާކުރުން: މެމްބަރު މަމްދޫޙު

އައިމިނަތު ރޫޔާ - 04 ނޮވެމްބަރު 2024 - 07:07
ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ޕާޓީތައް ޒިންމާދާރުކުރުވައި، ރަނގަޅު ގޮތެއްގައި ހަރުދަނާކޮށް ކުރިއަށްގެންދިއުންކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ މިއަދު ހުށަހެޅި އިސްލާހާއެކީގައި ރައްޔިތުންގެ މެދުގައި ޒަމާންތަކެއްވާދެން ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް، ގައުމަށާއި، ރައްޔިތުންނަށް ފައިދާވާނެ މަގަށް ބައްޓަންކުރެވިގެންދާނެ ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ޕާޓީތަކުން، ސިޔާސީ ކަންކަމުގެ ނަމުގައި ބޮޑެތި ގެއްލުން ދީފައި އެބަހުރިކަމަށް މެމްބަރު ވިދާޅުވިއެވެ.
"އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެން ދިޔައިރު، ދިވެހިރާއްޖޭގެ އެތައް މިތަނުގައި ސިޔާސީ ހަރަކާތެއްގެ ނަމުގައި، ސިޔާސީ ޖަޒުބާތެއްގެ ނަމުގައި ހުޅުޖަހާ އަންދާލި ވާހަކަ. އެކަންކަމަށް ޒިންމާވާނެ ބަޔަކު ތިބެންޖެހޭ." މެމްބަރު
މެމްބަރު ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގަމުންދާއިރު، ގައުމުގެ މަސްލަހަތު ނަގާލައި، ތަފާތު އެކި ދޮގު ވާހަކަތައް ފަތުރައިގެން ސިޔާސީ ހަރަކާތްތައް ހިންގައިގެން ރައްޔިތުންނާއި ސަރުކާރާ ޖެއްސުމަށް މިހާރުވެސް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.
މެމްބަރު ވިދާޅުވީ މީގެކުރީ ސަރުކާރުން ކަންތައްތައް މާ ބޮޑަށް ދޫކޮށްލާފައި އޮތުމުން މިހާރު މިއޮތީ އަލުން ސުމަކުން ފަށަންޖެހިފައި ކަމަށެވެ.
މިއަދުގެ ސަރުކާރުން ދަނީ ދިވެހިރާއްޖޭގައ އަޅާނުލެވި ދޫކޮށްލެވިފައި ހުރި އެތައް ކަމެއް އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަމުން ކަމަށާއި އެކަންކަން ކުރުމަށް ގާނޫނުން ގެންނަންހޭ އިސްލާހުތައް ގެންނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރުމުގެ ކްލިއަރެންސަށް 10 ދުވަސް ހޭދަވޭ!
ގަޑިއިރެއް ކުރިން

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ދިވެހި ދެ ފުލުހުން!
2 ގަޑިއިރު ކުރިން

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
18 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
19 ގަޑިއިރު ކުރިން


.gif&w=3840&q=75)