
--
މެމްބަރު ޔާސިރާއި މޭޔަރ އާތިފް އެނބުރި އެމްޑީޕީއަށް!

އަހުމަދު ޒަލީފު - 15 އޯގަސްޓު 2023 - 18:01
ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޔާސިރާއި އާތިފް ސޮއި ކުރެއްވުމަށް ސޯލްޓް ކެފޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. އެނގިފައިވާ ގޮތުގައި މެމްބަރު ޔާސިރާއި އާތިފްއާ އެކުގައި ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީ އަށް ސޮއިކުރެއްވިއެވެ.
ޔާސިރު އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ޔާސިރް އަދި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން ތާއީދު ކުރެއްވީ ނަޝީދަށެވެ. އޭގެ ފަހުން ޕާޓީ ތެރެއިން އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތުގައި ވެސް އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެކަމަކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޑިމޮކްރެޓްސް އިން ފެށި ހިސާބުން މި ބޭފުޅުން ނުފެނެއެވެ.
ޔާސިރާއި އާތިފަކީ އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެ ޕާޓީ ދޫކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ތިއްބެވި ބޭފުޅުންނެވެ. މޭޔަރު އާތިފް އާ އެކުގައި ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމާއެކު، ކައުންސިލްގެ މެޖޯރިޓީ ވެސް އެ ޕާޓީ އަށް ލިބުނެވެ.
ގުޅުން ހުރި ޙަބަރުތައް

ހޯދަމުންދިޔަ ފުލުހަކު، ކަނޑުގެ އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެ
ގަޑިއިރެއް ކުރިން

އީރާނުގެ ގެޝެމް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި
16 ގަޑިއިރު ކުރިން

ހުޅުމާލެ ބީޗު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި
16 ގަޑިއިރު ކުރިން

ކެނެޑާގެ ގަވަރނަރ ޖެނެރަލް އަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދަންނަވައިފި
17 ގަޑިއިރު ކުރިން


.gif&w=3840&q=75)