
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު
ރައީސްގެ ޖޯޝުން ފުރިފައިވާ ވާހަކަފުޅުން އިތުރު ހިތްވަރެއް ލިބިގެންދޭ: މިނިސްޓަރ އާދަމް ޝަރީފް އުމަރު
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 24 ސެޕްޓެމްބަރު 2024 - 19:58
އދގެ އާއްމު މަޖިލީހުގައި ދެއްވި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުން އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، އދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުމާ ގުޅުވައިގެން އަސްލު ޓީވީން ގެނެސްދިން ހާއްސަ ލައިވް ކަވަރޭޖްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.
މިނިސްޓަރ ވިދާޅުވީ، މިއަދު އަނެއްކާވެސް ރައްޔިތުންނަށް ވަރަށް ބޮޑު އުންމީދުތަކެއް ލިއްބައިދީފި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އދ.ގެ އާންމު މަޖިލީހުގައި މުޅި ދުނިޔެއަށް މިގައުމުގެ ތަސައްވުރު ހާމަކޮށްދެއްވައިފި ކަމަށެވެ.
ރައީސްގެ ތަޤުރީރަކީ ހުރިހާ ދާއިރާއަކަށް އަދި ހުރިހާ ކަމަކަށް އަލިއަޅުއްވާލައްވާފައިވާ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ފުރިހަމަ ތަޤުރީރެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އޭގެ ސަބަބުން ދިވެހީންނަށް އިތުރު އުންމީދާއި ހިތްވަރު ލިބިގެންދިޔަ ކަމަށެވެ.
މިނިސްޓަރ ވަނީ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީއާއި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވަރަށް ހޫނު ތަޙުނިޔާއަކާއި މަރުހަބާއެއް ދަންނަވާފައެވެ.
މުޅި ދުނިޔޭގައި ހުރި މައްސަލަތަކުގެ އިތުރުން ދިވެހިރާއްޖޭގެ މައްސަލަތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރައީސް ހާމަކޮށްދެއްވީ މީގެ 15 ވަރަކަށް އަހަރު ފަހުން ދިވެހިރާއްޖެ އޮންނާނެ ހިސާބު ކަމަށެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 75 އަހަރުފުރުން 2040 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކެއް އެބަހުރިކަމަށެވެ. އަދި އދގައި މިއަދު ތަޤުރީރުކުރައްވާއިރު، ރާއްޖެއާމެދު ދެކޭ ތަސައްވުރެއް އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެއްދެވުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމަކީ އަޅުގަނޑުގެ އުއްމީދު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުން ހުރި ޙަބަރުތައް

އިންޓަރލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީހުގެ ހިންގުން އަމީރަށް
2 ގަޑިއިރު ކުރިން

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
2 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)