
ރައީސް ސޯލިހު
ކަރަންޓް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ކަނޑައަޅަނީ!

އަހުމަދު ޒަލީފު - 21 ސެޕްޓެމްބަރު 2023 - 19:36
ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯދައިދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާންކުރައްވައިފި އެވެ.
އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ. އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް ހޯދައި ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނު އަރިހު އެދިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މިވާ ގޮތަކީ ކަރަންޓު ބިލްގެ ވަކި ރޭޓްތަކެއް މި ހުންނަނީ. ވަކި ވަރަކަށް ވުރެ ގިނަ އިން ބޭނުންކޮށްފިއްޔާ އަގުބޮޑުވަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެން ނުދާނެ. ހަމަ އެއް ރޭޓަކުން މިއަދުން ފެށިގެން އެ ބަދަލު ގެނައީ،"
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ރައީސް ސޯލިހް ގެންދަވަނީ މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި ޝަކުވާތައް އަޑު އައްސަވަމުންނެވެ. އަދި ރައްޔިތުން ކުރާ ޝަކުވާތަކަށް ހައްލު ގެނެސް ދިނުމުގެ ގޮތުން އެމަނިކުފާނު ގެންދަވަނީ އެކިއެކި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ
8 ގަޑިއިރު ކުރިން

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ނިންމަވާލައްވައިފި
8 ގަޑިއިރު ކުރިން

ވައިގަދަވެ މާފުށީގައި ޕެރެސެއިލިންގެ ވައިކުޑަ ފަޅައިގެންގޮސް މީހަކު މޫދަށް ވެއްޓިއްޖެ
9 ގަޑިއިރު ކުރިން

71 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް
10 ގަޑިއިރު ކުރިން


.gif&w=3840&q=75)