
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ހޮނިހިރު ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ - މެޓް

އަހުމަދު ޒަލީފު - 26 މޭ 2024 - 09:35
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ވަަނީ ލަފާކޮށްފައެވެ.
"ބުދަ ބުރާސްފަތި ހިސާބުގައި ދައްކަނީ ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށް. އެ ދެ ދުވަހު ވައި ގަދަވާނެ އަދި ކަނޑުތައް ވެސް ގަދަވާނެ." އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެނީ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ. އެއާއިއެކީ ކުރިއަށް އޮތް ހަފްތާގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ފާއިދުވެދިޔަ ހަފްތާގައި ވަނީ މޫސުން ވަރަށް ގޯސްވެ އޮރެންޖް، ރީންދޫ އަދި ހުދު ސަމާލު ވަރަށް ގިނައިން ނެރެފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވެ ދަތުރު ނުކުރުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ގުޅުންހުރި
ގުޅުން ހުރި ޙަބަރުތައް
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކުން ސަލާމަތްތެރިކަން ހޯދަން މަޝްވަރާ ކުރަނީ
2 ގަޑިއިރު ކުރިން

ގާލްގައިޑުންނަށް ޓީމް ބިލްޑިން ހަރަކާތްތަކެއް!
2 ގަޑިއިރު ކުރިން

މާފުށީ ޖަލަށް 17 ފޯނު އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)