
ގެމަނަފުށި މިސްކިތުގެ ބިންގާ އެޅުން
ގެމަނަފުށީގައި އަލަށް ބިނާ ކުރާ މިސްކިތުގެ ބިންގާ އަޅައިފި

އަހުމަދު ޒަލީފު - 13 ފެބްރުއަރީ 2024 - 08:27
ގއ. ގެމަނަފުށީގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. ގެމަނަފުށީ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސުޓޭޓް މިނިސްޓަރ ޢަބުދުﷲ ސައުދާނެވެ.
ގެމަނަފުށީގައި އަލަށް ބިނާ ކުރާ މިސްކިތުގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަވާލުކުރީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އީވޯސަން މޯލްޑިވްސްއަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތަކެވެ. މިއީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ޢިމަރާތްކުރަމުންދާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ބޮޑު ޢަދަދެއް ނުދެވި މި ސަރުކާރު އައިރު އޮތްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތްތައް އަވަހަށް ފެށުމަށްޓަކައި ކުންފުނިތަކަށް ފައިސާ ވަނީ ދައްކާފައެވެ. މީގެ އިތުރުން ރާއްޖޭގެ މިސްކިތްތައް ހުރީ ވަރަށް ދެރަ ޙާލަތުގައިކަމަށާއި އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.
އެގޮތުން މިސްކިތްތަކުގެ މަރާމާތައް ކުރާ ޚަރަދު 3 ގުނަ އިތުރުކޮށް ރޯދަމަހަށް މިސްކިތްތައް މާރާމާތު ކުރުމުގެ މަސައްކަތްތަކާއެކު ގާތްގަނޑަކަށް 15 މިލިޔަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން އެމްޕީޢެލްއާއި ހަވާލްކޮށްފި
3 ގަޑިއިރު ކުރިން

މަސް ލިބެމުން އަންނަ މިންވަރު ނިސްބަތުން މަދުވެއްޖެ: މަސްވިއްކާ ފަރާތްތައް
7 ގަޑިއިރު ކުރިން

ބުޅާތަކަށް އަނިޔާކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ދިރޭތަކެއްޗާއި ބެހޭ ވުޒާރާ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)