
---
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ- ސްޓެލްކޯ

އަހުމަދު ޒަލީފު - 23 މޭ 2024 - 04:36
ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެމަސައްކަތް ކުރިއަށްދާ ވަގުތު ބުރުޒުމަގު އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން ހަވީރު 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ސަރަހައްދުގެ އިތުރުން އަމީނީ މަގު، މިރިހި މަގު، ނިކަގަސް މަގު، އައިމިނާރަނި ހިނގުން އަދި ތަބްރޭޒީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދޭއިރު، އެފަދަ ކަމެއް ފެށުމުގެ ކުރިން އެކުފުންފުނިން އަބަދު ވެސް ރައްޔިތުންނަށް އެކަން އަންގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
6 ގަޑިއިރު ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
6 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)