logo
އާޒިމާ އަބަދުވެސް އިސްކުރެއްވީ ޤައުމީ މަސްލަޙަތު

އާޒިމާ އަބަދުވެސް އިސްކުރެއްވީ ޤައުމީ މަސްލަޙަތު

އާޒިމާގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

profile

އަހުމަދު ޒަލީފު - 16 ޖެނުއަރީ 2024 - 09:20

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އާ ދެކޮޅަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

ސިވިލް ކޯޓުން އާޒިމާގެ މައްޗަށް 4.1 މިލިއަން ރުފިޔާ އިސްލާމިކް ބޭންކަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. މިފައިސާއަކީ އާޒިމާ އެމްއައިބީން ނަގާފައިވާ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކަމަށް ކަމަށް ބުނެ އެ ބޭންކުން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމެކެވެ.

ނަމަވެސް އާޒިމާ ވިދާޅުވީ އިސްލާމިކް ބޭންކް މެދުވެރިކޮށް އޭނާ ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ގަވާއިދުން ފައިސާ ނުދައްކައިގެން، ލޯނުއެކުގައި ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް، އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށާއި އޭނާއަށް އެކަން އެނގުނީ މީޑިއާ އިން ކަމަށެވެ.

އާޒިމާ ވިދާޅުވީ އެމްއައިބީގެ އެ ފެސިލިޓީއަކީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ފްލެޓް ގަތުމަށް 2016ގައި ނަގާފައިވާ ލޯނެއް ކަމަށެވެ. އަދި އޭނާއަށް އާމްދަނީއެއް ލިބެމުންދިޔަ ދުވަހު މި ފެސިލިޓީއަށް ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުުވެފައި ވެއެވެ.

މިދިޔަ ހޮނިހުރު ދުވަހު ބޭއްވި މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަނުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް، އާޒިމާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖުމުލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި ކޮންމެ މަހަކަށް ޖެހޭ ފައިސާގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ކަމަށްވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk