
ބާބު ޕްރޮގްރާމްގެ ތެރެއިން - އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނަސީރު
އަޅުގަނޑުމެން ފައިސާ ޗާޕް ނުކުރާނަން، އެ ވިސްނުމެއް ނެތް: އަހުމަދު ނަސީރު

އައިޝަތު އިނާޝާ - 06 ޑިސެމްބަރު 2024 - 08:09
މި ސަރުކާރުގައި ފައިސާ ޗާޕް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ގައުމުގެ އިކޮނޮމީ ހަމަ މަގަށް އަޅުވާ ގައުމު ހިންގުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނުން ސަސްޕެންޑުކުރި ބައި އިޔާދަކުރަން ބާރުއެޅުއްވުން ހިމެނެއެވެ. އެގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ވަނީ ފައިސާ ޗާޕުކުރަން ދިން ހުއްދަ ބާތިލުކޮށްފައެވެ. ރައީސް ވިދާޅުވެފައިވަނީ، ގައުމުގެ އިގުތިސާދަށްޓަކައި ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފައިސާ ޗާޕް ކުރުމާގުޅޭގޮތުން އަސްލުޓީވީގެ "ބާބު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ވިދާޅުވީ ފައިސާ ޗާޕް ކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށާއި ނަމަވެސް އިކޮނޮމީ ހަމަ މަގަށް އަޅުވާ ގައުމު ހިންގުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
އެއީ ޓެކްސްގެ ނިޒާމަށް ބަދަލު ގެނެސްގެން ނަމަވެސް އަދި އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައިގެން ނަމަވެސް، މިހެންގޮސް މި ހުރިހާ އޭންގަލަކުން އާމްދަނީ ލިބޭނެ ހުރިހާ ދިމާލަކަށް އަޅުގަނޑުމެން ފޯކަސް ކޮށްގެން އެ މަސައްކަތް ކުރާނަން. : އަހުމަދު ނަސީރު
މެމްބަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ރަނގަޅުވެ، ރައްޔިތުން އެކަން ގަބޫލުކުރަން ފެށުމުން އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމު ނުކުރެވޭ ކަމަށެވެ. ވިދާޅުވީ އިދިކޮޅުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ފެތުރުމާއި މުޒާހަރާތައް ކުރަނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
ފާހަގަކޮށްލެވޭގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮތީ ގައުމުގެ ދަރަނި ބޮޑުވެ، އިގުތިސާދީ އަނދަވަޅެއްގައި ތާށިވުމެވެ. ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމުން އެ ފިޔަވަޅުގެ ހެޔޮ ބަދަލު ފެންނަން ފަށާފައިވާކަން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން މާލީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
9 ގަޑިއިރު ކުރިން

މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު
12 ގަޑިއިރު ކުރިން

މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ
12 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)