
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު
ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން އެމްޑީޕީން މަސައްކަތްކުރި: މެމްބަރު ނިހާދު

އާމިނަތު ޝަފާ - 27 ޖޫން 2024 - 06:17
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް މަޖިލީހުގެ ތެރެއިން އިދިކޮޅު އެމްޑިޕީން މަސައްކަތްކޮށްފައިވާކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދައިން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިހާދު ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރެއްވި ހިސާބުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މަސައްކަތް ފެށީ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި ބަޣާވާތަކުންވިޔަސް ސަރުކާރު ވައްޓާލުމަށްކަމަށެވެ.
ފުރަތަމަ ކުރެއްވި ކަމަކީ މަޖިލީހުގެ އާންމު ކޮމިޓީގައި ތިއްބެވި މެމްބަރުން ބަދަލުކޮށް އެބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ވޯޓު ދެއްވާނެ މެމްބަރުން އެ ކޮމިޓީއަށް ލުން. އެއަށްފަހުގަ މުޅި މަޖިލީހުގެ ގަވައިދު ބަދަލުކޮށް މަޖިލީހުގެ ޗުއްޓީ 15 ދުވަހަށް އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމޭ ފަހުން ލިބޭ މުއްދަތުގައި ރައްޔިތުންގެ މަޖިލީސް ބޭނުން ކޮށްގެން މިއަދު އިންތިހާބުވެފައި އޮތް ސަރުކާރަކީ އިތުބާރު ނެތް ކަމުގެ ސަރުކާރެއް ކަމަށް ނިންމަން މަސައްކަތް ކުރުން.
ދެވަނަ ކަމަކަށް އެމްޑީޕީން ކުރި ކަމަކީ މި ސަރުކާރުން ހުށަހެޅި ބަޖެޓާއި ކުޅުން ކަމަށް ނިހާދު ވިދާޅުވިއެވެ.
އެ ބަޖެޓު ބަޖެޓު ކޮމިޓީން މިހާރު ނިންމާފައި އެއޮތް ގޮތުން މި ސަރުކާރަށް މިއަހަރު ތެރޭގައި ހަމަ ހިރިވެސް ނުލެވޭނެ. އެއްވެސް ޕްރޮޖެކްޓެއް ނޫނީ ޕްރޮޖެކްޓް ހިންގި ފަރާތަކަށް ފައިސާއެއް ދެވޭނެ ގޮތަކަށެއް ނޫން ބަޖެޓް މިޙާރު ފާސްކޮށްފައި އޮތީ. މުޅި ސަރުކާރު މަރު ތަޅު އެޅުވޭ ގޮތަށް އެކަން ކޮށްފަ އެއޮތީ.
ނިހާދު ވިދާޅުވީ އޭރު މަޖިލިސް ބޭނުންކޮށްގެން އެމްޑީޕީން ހިންގާފައިވާ ކަންކަން މިއަދު ޔައުމިއްޔާ ބެލުމުން 20 ވަނަ މަޖިލީހުގެ މެމްބަރުންނަށްވެސް ފެނިވަޑައިގަންނަވާނެކަމަށެވެ.
ސަރުޚާރު ވައްޓާލަން ދެވަނައަށް އެމްޑީޕީން ކުރިކަމަކީ ބަޖެޓާކުޅުންކަމަށް ނިހާދު ވިދާޅުވިއެވެ.
އަދުގެ ސަރުކާރުން މަސައްކަތްކުރަނީ މަޖިޅީހުގެ ތެރެއިން މިކަންކަން ހައްލުކުރަންކަމަށް ނިހާދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
13 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
13 ގަޑިއިރު ކުރިން

އެމްޑީޕީ އެކަތިގަނޑަކަށް ވެއްޖެ! ދެން އޮތީ މި ސަރުކާރު ބަލިކުރުން: ފައްޔާޒް
21 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން


.gif&w=3840&q=75)