
---
އިޝާރާތުން ވާހަކަ ދައްކަން ފުލުހުންނަށް ދަސްކޮށް ދީފި

އަހުމަދު ޒަލީފު - 13 ފެބްރުއަރީ 2024 - 08:17
އިޝާރާތުގެ ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ ކުލާސްތަކެއް ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.
މާފަންނު ޕޮލިހުގެ އިސްނެގުމަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 8-11 އަށެވެ.
ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މަރްޔަމް ޝަހުދާ އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ގުޅިގެންނެވެ. މި ޕްރޮގްރާމްގައި، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތް ކުރާނެ ގޮތާއި، އެފަދަ މީހަކު ފުލުހުންނަށް މައްސަލައެއް ހުށަހެޅުމުން އިތުރު މައުލޫމާތު ސާފުކުރާނެ ގޮތާއި އެފަދަ މީހަކު ހައްޔަރުކުރިކަން އިޝާރާތުން ބުނެދިނުން ފަދަ ހުނަރުތައް ދަސްކޮށް ދީފައިވެ އެވެ. އަދި،ފުލުހުންގެ މަސައްކަތާ ގުޅުންހުރި އިޝާރާތުގެ ބަހުރުވަ ދަސްކޮށް ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ޕްރޮގްރާމުގައި މާފަންނު ޕުލުހުންގެ 66 މުވައްޒަފުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރެސްޕޮންސް އެންޑް ޕެޓްރޯލް ޔުނިޓުގެ މުވައްޒަފުންނާއި، މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ޔުނިޓާއި، ނެއިބަހުޑް ސަޕޯޓް ޔުނިޓު އަދި އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން ހިމެނެ އެވެ.
މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ ފަރާތުން ޕްރޮގްރާމުގައި ކިޔަވައިދެއްވީ އަޑުއިވުމާ އަދި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި ހަތަރު މީހެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން
2 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
18 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
18 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)