
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހުގެ ޖަލްސާއެއްގައި
ރައީސް ޔާމީނަށް ލިބޭ ފައިސާ ފޮރުވީ، ރައީސް މުއިއްޒު ތަފާތުވާނެ: މެމްބަރު ލަތީފް

އާމިނަތު ޝަފާ - 27 ޖޫން 2024 - 05:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލިބުނު ހުރިހާ ފައިސާއެއް ބައްކޮށް ފޮރުވކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވީ 7 މަސްދުވަހުގެ ތެރޭގައިވެސް ރައްޔިތުންނަށް ތަފާތު ދައްކަވާފައިވާކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ޖަގަހަ ޖަލްސާގައި މެމްބަރު ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ރައްޔިތުންނަށް ލިބޭނީ އެއިރެއްގައި އޮތް ސަރުކާރަކުން މަސައްކަތް ކުރިވަރަކުންކަމަށެވެ. އެމްޑީޕީގެ ސަރުކުން ރައްޔިތުންނަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހައްގުތައް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް މެމްބަރު ވިދާޅުވިއެބވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އުޖާލާ ދުވަސްތަކެއް ރައްޔިތުންނަށް ފެނިގެން ދިޔަ ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ލިބުނު ފައިސާ އަމިއްލަފުޅު ތިޖޫރީގައި ބައްކޮށްފައި ބެހެއްޓީ ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި ހުރިހާ މަންފާއެއް ލިބެމުންދަނީ ރައްޔިތުންނަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައީސް ޔާމީން މަސައްކަތް ކުރެއްވީ އެއާ އިދިކޮޅަށް. އެއިން އެއްވެސް ކަމެއް ކުރިޔަ ނުދިނުމަށް. އެކަމަކުވެސް ރައީސް ޑރ.މުއިއްޒު މަސައްކަތްކުރެއްވީ މުޅިން ތަފާތުކޮށް. ޚަރަދުކޮށްގެން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވީ ގެންގޮސް ތިޖޫރީއަކަށް ލާފައި ފޮރުވީކީއެއް ނޫން. ލިބުނު އެއްޗެއްވިއްޔާ ފޮރުވައިގެން އުޅުނީ. އެހެނެއްނޫން ރައީސް މުއިއްޒު ކަންކުރެއްވީކީ. ފިނީގައި މިތިބީ ގަދަހޫނަކަށް ދާކަށް ބޭނުމެއް ނޫން.
ވޭތުވެދިޔަ ސަރުކާރުތަކަށް ބަލާއިރު ރައްޔިތުންނަށް ކުޑަވެސް މަންފާއެއް ލިބުނީ ޕީޕީއެމް ސަރުކާރުގައިކަން ފާހަގަކުރައްވަމުން ލަތީފު ވިދާޅުވީ އެވެރިކަން ނިމިދިޔައީ "ބަދިގެތެރެއިން" ރައްޔިތުންގެ ކަންތައް ނިންމަން ފެށި ހިސާބުން ކަމަށާއި މި ވެރިކަމުގައި ރައްޔިތުންނާއި ގުޅުންހުރި ހުރިހާ ކަމެއް ނިންމާނީ ޕާޓީގެ އޮފީހުން ގައުމުގެ ވެރިމީހާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި
17 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ފަރާތްތަކާއި މީހުން ހަމަނުވާ ފޮށިތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ރޯދަ ވީއްލުމެއް
17 ގަޑިއިރު ކުރިން

ރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުއްވައިފި
17 ގަޑިއިރު ކުރިން


.gif&w=3840&q=75)