
މިއަދުގެ ހެނދުނުން ފެށިގެން މިހާތަނަށް ޣައްޒާއަށް ދިން ހަމަލާތަކުގައި 17 މީހުން ޝަހީދު ކޮށްލައިފި

ސައިފް އަޒުހަރު - 08 ނޮވެމްބަރު 2024 - 09:20
މިއަދުގެ ހެނދުނުން ފެށިގެން މިހާތަނަށް، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާއަށް ދިން ހަމަލާތަކުގައި 17 މީހުން ޝަހީދު ކޮށްލައިފިއެވެ،
އިސްރާއީލުން ހިސާރުކޮށް ބަންދުކޮށްފައިވާ ޣައްޒާގެ އުތުރުން އެކަނިވެސް 13 މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ޣައްޒާ ދެބައިކޮށް، ޣައްޒާގެ އުތުރަށް އިންސާނީ އެއްވެސް އެހީއެއް އެތެރެކުރިޔަނުދީ، އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް ހުއްޓުވައި މުޅި އުމުރު، ދިރިތިބި އިންސާނުންނާއެކު ބަންދުކޮށް، ބޮންއަޅައި އަދި ބޮޑުބަޑިން އުދުވާނީ ހަމަލާތައް ދެމުންގެންދާތާ މިއަދަށް 35 ދުވަސް ވެއްޖެއެވެ.
ފާއިތުވީ 35 ދުވަހުގެ ތެރޭގައި އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުންވަނީ، އާންމުންގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ސިއްހީ ޚިދުމަތްދޭ ކްލިނިކްތަކާއި، މިސްކިތްތަކާއި، އެޕާޓްމަންޓް އިމާރާތްތަކަށް ބޮންއަޅައި އެއްކޮށް ބިމާހަމަކޮށްލާފައެވެ.
ޣައްޒާގެ އުތުރުގެ ސިޓީތައް ކަމަށްވާ ބައިތު ލާހިޔާއާއި، ޖަބަލިއާގައި ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާއިރު، ޣައްޒާގެ އުތުރުގެ ހުރިހާ ރެފިއުޖީ ކޭމްޕްތަކަށް ބޮންއަޅައި އަދި ބޮޑުބަޑީގެ ހަމަލާތައްދީ އެތައްބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.
އިސްރާއީލުން ޣައްޒާގެ އުތުރުފަޅި ބަންދުކުރިއިރު ހަތަރު ލައްކައެއްހާ އާންމުން ތިބި ނަމަވެސް، މިހާރު ތިބީ 95،000 އެއްހާ އާންމުންނެވެ. އަތުޖެހުނު ހުރިހާ ފިރިހެނުން ހައްޔަރުކޮށްގެން ގެންގޮސްފައިވާއިރު، އަންހެނުންނާއި ކުޑަކުދިން ގަދަކަމުން ތަންތަނުން ނެރެ މަގުމަތިކޮށްފައިވެއެވެ. އަދި ރައްކާތެރިކަން ހޯދަން އެހެން ދިމަދިމާއަށްދާ މީހުންގެ ގަޔަށް ޓެރަރިސްޓު ސްނައިޕަރުން ބަޑިޖަހައި މީހުން އާންމުން މަރަމުންވެސް ގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އާއި ފަލަސްތީނާއި ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗްގެ ސްވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި
މަހެއް ކުރިން
.webp&w=3840&q=75)
ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، ޚާން ޔޫނިސްގައި ބޮމުގެ އަޑުފައްގަނޑު!
2 މަސް ކުރިން

އިސްރާއީލުން ހުޅަނގު އައްސޭރީގެ އިސްތިގުލާލަށް އަރައިގަތުމަށް ނިންމުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފި
2 މަސް ކުރިން
.webp&w=3840&q=75)
ހަމަލާތައް ހުއްޓާލި ކަމަށް ބުނި ފަހުން އެކަނިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފި
2 މަސް ކުރިން


